ސައިބާ އެކްސްޕޯގެ ކެޕްޗާ ދި ފްލެގް (ސީޓީއެފް) ޗެލެންޖުގެ ބައިވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.
މި އެކްސްޕޯ ކުރިޔަށް ގެންގޮސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 އިން ފެށިގެން 13 އަށެވެ. އަދި އޮތީ ޗެލެންޖުގެ ބައިވެރިންނަށް އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތެވެ.
މި ޗެލެންޖުން 1 ވަނަ ހާސިލު ކުރި ބައިވެރިޔާއަށް ލިބިފައި ވަނީ 50،000 ރުފިޔާއެވެ. އަދި ދެވަނައަށް ދިޔަ ބައިވެރިޔާއަށް 30،000 ރުފިޔާ އަދި 3 ވަނައަށް ހޮވުނު ބައިވެރިޔާއަށް 20،000 ރުފިޔާ ވަނީ ލިބިފައެވެ.
މިފަދަ ޗެލެންޖެއް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ ކޮމްޕިއުޓރ ސެކިއުރިޓީގެ ދާއިރާގައި އުޅޭ މީހުން އަހުލުވެރިކުރުމެވެ.

