ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމާޝަލް ޕްރޮޖެކްޓްތަކަށް އިންޓްރަސްޓް ރޭޓު ކުޑަކޮށް ލޯނު ދޫކުރަން ދަނީ ތައްޔާރުވަމުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމާޝަލް ޕްރޮޖެކްޓުތަކަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ފިއްލަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އުތުރުގައި ޓޫރިޒަމްގެ ކަންކަން ފުރިހަމަ ވާންޖެހޭކަމަށެވެ.

ފިއްލަދޫގައި ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތައް އިމާރާތް ކުރެވޭނެ މަގުފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ ކޮމާޝަލް ޕްރޮޖެކްޓްތަކަށް އިންޓްރެސްޓް ރޭޓު ކުޑަކޮށް ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ އެ ބިންތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ރަށުގައި ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތައް ހެދޭނެ ގޮތް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޭބންކިން ނިޒާމުގެ ތެރެއިން އެފަދަ ކަންކަމަށް މިހާރު ލިބޭ ލޯނުތަކުން އެތަނެއްގެ ފިނިޝިން މަސައްކަތަށް ދިގު މުއްދަތެއް ނަގާކަމަށެވެ.

އެހެންކަމުން ސަރުކާރުން އިސްނަގައި، ފިނޭންސް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސްއާއި އެކު މަޝްވަރާކޮށް ކައުންސިލްތަކުން ކޮމާޝަލް ބޭނުމަށް ދޫކުރާ ބިންތައް ކުއްޔަށް ނަގާ ފަރާތްތަކަށް އިންޓްރެސްޓު ރޭޓު ކުޑަ ލޯނުތަކެއް ތައާރަފު ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތަށް މިހާރު ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓަށް ވުރެ ތިން ޕަސަންޓު ކުޑަވާނެކަމަށެވެ.

ކައުންސިލްގެ ފަރާތުން ކުއްޔަށް ދޫކުރާ ބިންތައް، ކޮމާޝަލް ޕްރޮޖެކްޓްތަކަށް ލޯނު ދޫކުރާ ވަރަށްވުރެ އިންޓްރަސްޓް ރޭޓު 3 ޕަސެންޓް ކުޑަކޮށް ދޫކުރަން ފަށަން މިދަނީ ތައްޔާރުވަމުން

މީގެއިތުރުން ފިއްލަދޫގެ ތަރައްގީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ފިއްލަދޫއަށް ބޭނުންވާ ތަރައްގީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިގްތިސާދީ ގޮތުން ހއ އަދި ހދ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްނަގައިގެން ފުރުސަތުތައް ފަހިކުރުމަށް މަސައްކަތްތައް ކުރިއަށްގެންދަވާ ކަމުގައި ވިދާޅުވެ މިހާރު ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލީ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: