ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯކްސްގެ އުޅަނދަކުން ވަގަށް ސިގިރޭޓު އެތެރެކުރި މައްސަލައިގައި މަނީލޯންޑަރިންގ ގެ ތުހުމަތު!

ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލަ ބަލަމުންދަނީ ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެންނެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ.

ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވެއެވެ.

މީގެ އިތުރުން، 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ދިވެހިރާއްޖެއަށް  އެތެރެ ކޮށްފައިވާކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 08/2011) ގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014) ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގ ކުށެވެ.

”އެމްޓީ ހޯކްސް ޖަވާހިރު“ ނަމަކަށް ކިޔާ ބޯޓަކުން ވަގަށް ސިނގިރޭޓު އެތެރެ ކުރިކަމަށް ބުނާ މައްސަލައިގައި އާންމު ކުރި ބަޔާނުގައި ކަސްޓަމްސް ބުނެފައި ވަނީ ހޯކްސް ބޯޓްޔާޑް ބަލާ ފާސް ކުރުމުން އެތަނުގައި ހުރި އެކަމޮޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓަރ ބްރޭންޑުގެ 1.69 މިލިއަން ސިނގިރޭޓު ސްޓިކްސް ފެނިފައި ވެއެވެ. އެއީ ފޮށީގެ ނިސްބަތުން ބަލާއިރު 84،500 ފޮށި އަދި 8475 ކާޓޫނެވެ.

މިތަކެތި ހޯދާފައި ވަނީ ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައެވެ. އަދި އެ މައުލޫމާތު ކަސްޓަމްސް ހާމަކުރުމުން، މަޖިލީހުގެ ކޮމިޓީގައި ވެސް މައްސަލައިގެ ބައްދަލުވުންތައް ފެށީއެވެ.

މި މައްސަލަ މަޖިލީހުހެ 241 ކޮމިޓީންވެސް ބަލާފައިވާއިރު، މި މައްސަލައިގައި ފުލުހުންނާއިި، ހޯމް މިނިސްޓްރީއާއި، ކަސްޓަމްސް ހާޒިރު ކުރި ކޮމިޓީ ވެސް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ.

ހޯކްސް ކުންފުންޏާއި ގުޅޭގޮތުން ކަސްޓަމްސް ބަޔާނެއް އާންމުކޮށް، މީޑިއާތަކުން ރިޕޯޓު ކުރުމުން އެ ކުންފުނިން އާންމު ކުރި ބަޔާނެއްގައި ބުނީ ތެޔޮ ބޯޓުގައި ވަގަށް ސިނގިރޭޓު އެތެރެ ކުރުމުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވޭ މުވައްޒަފުން މަސައްކަތުން އެކަހެރިކޮށް އެކަން ތަހުގީގީ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

ސިނގިރޭޓު އެތެރެ ކުރުމާއި ކުންފުނީގެ މެނޭޖްމަންޓާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި، ފުލުހުން މައްސަލައިގައި އަމަލުކޮށްފައި ވަނީ ޣައިރު ޒިންމާދާރު ގޮތަކަށްކަމަށް ހޯކްސް ބުނެފައި ވެއެވެ. އަދި ކުންފުނިން އިތުރަށް ބުނީ ކުންފުނީގެ ބޯޓްޔާޑަށް ގޮސް އެ ސަރަހައްދު އެންމެ ފުރަތަމަ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއް ވެސް ނެތިކަމަށެވެ.

މިއީ ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމި ދުވަސްވަރާއި ދިމާކޮށް ފެންމަތިވީ މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: