ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު މާރަންދޫއަށް ވަޑައިގެންނެވި، ނަމަވެސް ކައުންސިލާއި ބައްދަލެއް ނުކުރޭ: ކައުންސިލުގެ ރައީސް

މާރަންދޫ ކައުންސިލުގެ ރައީސް، ރައީސް މުއިއްޒު އާއިއެކު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުގެ ފަހުކޮޅުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މާރަންދޫއަށް ޒިޔާރަތް ކުރެއްވިކަމަށާއި ނަމަވެސް ކައުންސިލާއި ބައްދަލުނުކުރައްވާކަމަށް އެ ރަށު ކައުންސިލުގެ ރައީސް ޖައިލަމް ހާރޫން ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު މާރަންދޫއަށް ކުރެއްވި ޒިޔާރަތުގައި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން މާރަންދޫ ކައުންސިލުގެ ރައީސް ޖައިލަމް ވަނީ މި ސަރުކާރު އަދި ނިމިދިޔަ ސަރުކާރުގެ ފަރާތުން ފެނިގެންދާ ތަފާތުތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ ދައުރުގައި ދެ އަހަރު އެ ސަރުކާރާއިއެކު މަސައްކަތްކުރައްވަން ލިބިވަޑައިގެންނެވިކަމަށެވެ. އަދި ރައީސް ސާލިހު އެ ދުވަސްތަކުގެ ތެރޭގައި މާރަންދޫއަށް ޒިޔާރަތްވެސް ކުރެއްވިކަމަށެވެ. ނަމަވެސް ކައުންސިލާއިއެކު އެންމެ ކުޑަމިނުން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެސް ނުވާކަމަށާއި އެކަމާއި ހިތާމަކުރެއްވިކަމަށް ވެސް ވިދާޅުވިއެވެ.

ޖައިލަމް ވިދާޅުވީ، ރައީސް ސާލިހުގެ އަމަލުތައް ހުންނެވި ގޮތުން އުންމީދުތައް ގެއްލި މާޔޫސްކަމާއި ކުރިމަތިލައްވަންޖެހުނުކަމަށެވެ. ނަމަވެސް މިހާރު އެއް އަހަރާއި މަދު ދުވަސްތަކެއް ހޭދަވެފައިވާއިރު މި ސަރުކާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު މާރަންދޫއަށް ވަޑައިގެން އިސް ރަށްވެހިން އަދި ރަށުގެ ރައްޔިތުންގެ ކުރިމަތީގައި މާރަންދޫ ކައުންސިލާއި ޑަބްލިއުޑީސީ އަދި އެހެނިހެން މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒުވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އެއްސެވުމަށްފަހު އޮޅުންފިލުއްވާފައިކަމަށާއި އެމަނިކުފާނުގެ އަމަލުތައް ހުންނެވި ގޮތުން ރައީސްއަށް ކުރައްވާ އިތުބާރު އިތުރުވެގެންގޮސްފައިވާކަމަށެވެ. އެހެންކަމުން މާރަންދޫ ރައްޔިތުންގެ ފަރާތުން ރައީސް މުއިއްޒުއަށް ވަރަށް އިހުލާސްތެރިކަމާއިއެކު މަރުހަބާ ދަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 83%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: