ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު އައިއިރު ޤައުމު އޮތީ އެފުއް މިފުށަށް ޖެހި، ދަރާ ވިކި ހުސްވެފައި: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު މުޅި ޤައުމު ”އެފުއްމިފުށަށް ޖެހި“ މާލީ ޙާލަތުގެ އިތުބާރުވެސް އޮތީ ގެއްލިފައިކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު އެހެން ވިދާޅުވީ ހއ އަތޮޅު އުލިގަމުގައި ހުންނަވައި ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިއާ ޚިލާފަށް މިހާރު ފެންނަމުންދަނީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ހަރުދަނާ ގޮތެއްގައި ތަރުތީބު ކުރެވި މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. މިއީ ކުރިން ފެނިފައިވާ މަންޒަރެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މެނިފެސްޓޯގައި ހިމެނޭ ކަންކަން ވަރަށް ބޮޑަށް މެޝަރ ކުރެވިގެން ތަންފީޒު ކުރެވިގެން މިދަނީ، އެއީ މީގެ ކުރިއާ ޚިލާފަށް ވަމުންދާ ކަމެއް، ހަގީގަތުގައިވެސް އަޅުގަނޑު ހަމަ އެއްވެސް ގޮތަކަށް އެހެން ސަރުކާރަަކަށް ބަދު ބަހެއް ބުނާކަށް ނޫން، ނަމަވެސް މީގެ ކުރިން މިގޮތަށް ޓާގެޓުކޮށްގެން ކެބިނެޓް ލެވެލްގައި ނެތް މަސައްކަތްތަކެއް ކުރެވިފައެއް

އޭގެ އިތުރުން، ވެރިކަމާ ޙަވާލުވިއިރު ޤައުމުގެ އިޤްތިސާދީ ޙާލަތު އޮތް ގޮތާ އަޅާބަލާއިރު، ޤައުމު ދަރަނިވެރި ނުވެ މިއަދާ ހަމައަށް ހޭދަކޮށްލެވުމަކީ ސަރުކާރުގެ ކާމިޔާބީއެއްކަންވެސް ސައީދު ފާހަގަ ކުރެއްވިއެވެ. ސައީދު ވިދާޅުވި ގޮތުގައި މި ވެރިކަން އައިއިރު މުޅި ޤައުމު ”އެފުއްމިފުށަށް ޖެހި“ މާލީ ޙާލަތުގެ އިތުބާރުވެސް އޮތީ ގެއްލިފައެވެ. އޭރު ސަރުކާރުގެ ކުންފުނިތައްވެސް އޮތީ ދަރުވާލާފައިކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން އޭރު މަޝްރޫއުތައް ހިންގާފައި އޮތީ ކަޑަޖެހުމުގެ އުސޫލުންކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، 2026 ވަނަ އަހަރު ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ދަރަނި ދައްކަންޖެހޭ ޙާލަތަށް ޤައުމު ވައްޓާލާފައިވާ ކަމަށާއި، ނަމަވެސް އެ ހުރިހާ ކަމަކާއެކުވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޤައުމުގެ އިޤްތިސާދީ ޙާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުގައި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ހަމައެއާއެކު، ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ޙާލު ގާތުން ބައްލަވައި، އަޅުއްވަންޖެހޭ ފިޔަވަޅުތައް މިއަދު އަޅުއްވަމުންދާކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ސިފަ ކުރައްވާ ގޮތުގައި ވާދަވެރި ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުންދަނީވެސް އެ ސަބަބާހުުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: