ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށާއި ރައީސްއަށް އަޑުއިވެނީ ރައްޔިތުން ނިކުމެ އަޑުއުފުލުމުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް އަޑުއިވެނީ ރައްޔިތުން މަގުތަކަށް ނުކުމެ ޝަކުވާތަކުގެ އަޑުއުފުލުމުންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީ ފަހަތަކަށް ނުޖެއްސޭނެކަމަށާއި އެ ޕާޓީ ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށެވެ. އަދި އެ މަސައްކަތްތައް މެދުވެރިކޮށް ސަރުކާރު ހަމަމަގަށް އަޅުވައި ބަލިކޮށްލާނެކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ޖެނުއަރީ 31 ވަނަ ދުވަހު އެމްޑީޕީން މަގުތަކަށް ނިކުންނަނީ ސަރުކާރު އެ މަގުސަދުގައިކަމަށާއި އެކަން ކުރަންޖެހެނީ ސަރުކާރަށް އަޑުނީވޭތީކަމަށެވެ.

ދިއްދޫގައި ސަރުކާރާއި ދެކޮޅަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް އަލިއަޅުއްވައި ޝާހިދު ވިދާޅުވީ، އެ ރަށުގެ ރައްޔިތުންނާއިމެދު ފަހުރުވެރިވާންޖެހޭކަމަށާއި އެ ރަށުގެ ރައްޔިތުންވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އަޑުއިއްވުމަށްޓަކައި ކަންކުރަންޖެހޭ ގޮތް ދައްކާފައިކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވަނީ ދެން ދިއްދޫއަށް ވަޑައިގަންނަވާނީ އެއަރޕޯޓު އެޅުއްވުމަށްފަހު އެ މަގުންކަމަށް ހިއްސާކުރައްވާފައިކަމަށާއި ދިއްދޫގެ ރައްޔިތުންގެ އަޑު އެމަނިކުފާނަށް އިވިފައިވާކަން ޔަގީންކަމަށެވެ.

ޝާހިދު ވިދާޅުވީ، 2026 ވަނަ އަހަރުގެ ތެރޭގައި ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ދުވަސްވަރު އެމަނިކުފާނު ދިއްދޫއަށް ވަޑައިގަންނަވާނެކަމަށް ގަބޫލުނުކުރެއްވޭކަމަށާއި ސަބަބަކީ އެ ދުވަސް ޖެހޭއިރު އެއަޕޯޓުގެ މަސައްކަތްތައް ނުނިމޭނެކަމަށްވުމުންކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިވާހަކަތައް ދައްކަވަނީ ދިއްދޫއަށް ހެޔޮ އެދިވަޑައިގަންނަވާތީކަމަށާއި މިވާހަކަތަކުގެ ސަބަބުން ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެއަރޕޯޓު ފުރިހަމަކުރުމަށް މަސައްކަތްކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކޮށްދޭނީ އެމްޑީޕީންކަމަށާއި ދިއްދޫގައި އެއަރޕޯޓެއް އެޅުމަކީ އެމްޑީޕީގެ ވިސްނުމެއްކަމަށެވެ.

ޝާހިދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ޗެލެންޖުކޮށް ދިއްދޫގެ އެއަރޕޯޓު 2026 ވަނަ އަހަރުގެ ކުރިން އެޅުއްވުމަށް ގޮވާލާކަމަށެވެ. އަދި މިއީ އެމްޑީޕީން ދިއްދޫގެ ރައްޔިތުންނަށް ދޭ ހަދިޔާއެއްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 31 ޖެނުއަރީގައި ނުކުންނަންޖެހެނީ މި ސަބަބަށްކަމަށާއި މި ސަރުކާރާއި ރައީސްއަށް އަޑުއިވިގެންދަނީ ރައްޔިތުން ނުކުމެ އަޑުއުފުލުމުންކަމަށެވެ.

ޝާހިދު ވިދާޅުވީ، ފްލެޓު ހޯދުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސަރުކާރާއިމެދު ބަސްނުބުނާތީ ނުވަތަ ސަރުކާރުން ހެޔޮއެދޭތީ އެ ފްލެޓުތައް ހަވާލުނުކުރާނެކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދިވެހި ރައްޔިތުންގެ ހައްގެއްކަމަށާއި ދިވެހި ދައުލަތާއި ދެމެދު ހެދިފައިވާ އެގްރީމެންޓުތަކެއްގެ ދަށުން ލިބިފައިވާ ތަކެއްތިކަމަށްވުމުން ޝަރުއީ ހުކުމެއް ނެތި އެތަކެތި އަތުލެވޭނެ އެއްވެސް ހަމައެއް ނޯންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: