ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޒުލް ދިރިއުޅޭ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އޭނާއާ އަނބުރާ ހަވާލުކޮށްފި

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު --- - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރޭގައި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް މަގާމުން އިސްތިއުފާ ދިން ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އޭނާއާ އަނބުރާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިއީ ފަޒުލްގެ ބޭބެ، ފަޒީލް ރަޝީދަށް ހުޅުމާލެއިން ގޯއްޗެއް ލިބިފައިވާކަމަށް ބުނެ ފެންމަތިވެގެން އައި މައްސަލައެކެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަޒީލްގެ ނަން އޮތީ ގޯއްޗަށް ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި ނަމަވެސް އޭނާއަށް ރެޖިސްޓްރީއެއް ލިބި ވަނީ އެތަނުގައި އިންފާރު ވެސް ރާނާފަ އެވެ. އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ ފަޒީލާއި އެކު އިތުރު އެހެން ބަޔަކަށް ވެސް ގޯތީގެ ވަގު ރެޖިސްޓްރީ ހަދައިދީފައިވާކަން މި މައްސަލައާއި އެކު ފަޅާއެރިއެވެ.

މި މައްސަލައިގައި ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ފަހު ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭގެ ތެރޭގައި 1.4 މިލިއަން ރުފިޔާ ވެސް ހިމެނެއެވެ.

ފުލުހުން މިއަދު ބުނީ، އެޗްޑީސީގެ ގޯތި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއްގެ އެޕާޓްމެންޓް ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަަމަށެވެ.

މިއީ ފަޒުލްއަށް ކޮން ގޮތަކުން ލިބުނު ފައިސާއެއްތޯ ސުވާލު އުފައްދަމުން ދަނިކޮށް، ބައެއް އަތޮޅުތަކަށް ފެރީގެ ހިދުމަތް ދެމުން އަންނަ ”ރިލެކްސް ފެރީ ސާވިސް“ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއި އެކު މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާނެކަމަށެވެ. އަދި އެ ލޯންޗުގެ ފެންވަރު ރަނގަޅުވުމުން، އިތުރު ލޯންޗެއް ބަނުމަށް މަޝްވަރާކޮށް މިދިޔަ އަހަރުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ދީފައިވާނެކަމަށް ބުންޏެވެ.

ރިލެކްސް ފެރީގެ މި ބަޔާން ފަޒުލް ވެސް ވަނީ އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ރީޕޯސްޓު ކުރައްވާފައެވެ.

ބިންވެރިޔާ ސްކީމްގެ މައްސަލައިގެ ތުހުމަތުތަކަށް އިންކާރުކޮށް، ފަޒުލް ވިދާޅުވެފައި ވަނީ އޭނާ މަގާމަށް އައްޔަނު ކުރި ފަހުން މިހާތަނަށް ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ގެންދެވީ ކުންފުނީގެ ޕޮލިސީތަކާއި ބޯޑުން ނިންމާ ނިންމުންތަކުގެ މައްޗަށް ކަމަށެވެ.

ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާއި ގުޅުވައި އޭނާއަށް ކުރާ ތުހުމަތުތަކުގައި، އެޗްޑީސީއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ. މި ސަބަބާއި ހުރެ ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުނީގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދަން ފުރުސަތު ދިނުމަށް މަގާމުން އިސްތިއުފާ ދޭން ނިންމީކަމަށް ފަޒުލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: