ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަހުގެ އެކެޑެމީން އޭސީސީގެ މުއައްޒަފުންނަށް ހާއްސަކޮށްގެން ކޯހެއް ކުރިއަށް ގެންގޮސްފި

ދިވެހިބަހުގެ އެކެޑަމީއިން ކުރިއަށް ގެންދިޔަ ކޯސް: ފޮޓޯ/ ދިވެހި ބަހުގެ އެކެޑެމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ބަހުގެ އެކެޑެމީން އެންޓި ކޮރަޕްޝަން ކޮމިޝަނުންގެ މުއައްޒަފުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެކެޑެމީން ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުން އެ މުއައްސަސާއިން އޭސީސީގެ މުއައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ބަހުގެ ކޯހެއްކަމަށެވެ. މިހާރު މި ކޯސް ނިންމާލާފައިވާއިރު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި މުއައްސަސާތަކުގެ އެދުމަށް ހެޔޮގޮތުގައި ދިވެހިބަސް ބޭނުންކުރުމަށް ދަސްކޮށްދޭ ކޯސްތައް ހިންގަމުންދާކަން ފާހަގަކޮށްފައިވެއެވެ.

އޭސީސީއަށް ހާއްސަކޮށްގެން ކުރިއަށް ގެންދިިޔަ ކޯހުގައި 31 މުއައްޒަފަކު ބައިވެރިވެފައިވާއިރު ކޯސް ނިންމުމާއިއެކު ބައިވެރިވި ފަރާތްތަކަށް އެކަމުގެ ސަނަދު ހަވާލުކޮށްފައިވެއެވެ. ދިވެހިބަހުގެ އެކެޑެމީން ކުރިއަށް ގެންދިޔަ މި ކޯހުގައި މައުލޫމާތު ދެއްވުމުގެ ގޮތުން ހަރަކާތްތެރިވެވަޑައިގެންނެވި ދާރިސުންނަކީ ގައުމީ ޔުނިވާސިޓީގެ ދެ ދާރިސުންކަމަށްވާ އަލްފާޟިލާ އަޒީފާ އަފީފު އަދި އަލްފާޟިލް އަބްދުﷲ ޖަމީލުއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: