ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެންބަރުން މަޖިލީހުން ނެރުނީ ގަވާއިދާ ހިލާފަށް، އަނިޔާވެސް ވި: ނާޒިލް

އެމްޑީޕީގެ މެންބަރުން މުޒާހަރާއާއި ގުޅިވަޑައިގެންނެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ބަޔާން އިއްވަން ހުރަސް އެޅުމުން ނަން އިއްވައި ތަޅުމުން ނެރުނީ މަޖިލީހުގެ ގަވައިދާ ހިލާފަށްކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނަން އިއްވާ، ޖަލްސާއިން ބޭރު ކުރުމުން، މަޖިލީސް ކައިރީ ކުރިއަށް ދިޔަ އެމްޑީޕީގެ މުޒާހަރާއާއި ގުޅިވަޑައިގަންނަވަމުން، ނާޒިލް ވަނީ ”ސަންގާ“ ވާހަކަދައްކަވާފައެވެ.

ނާޒިލް ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ ޝުއޫރުތައް އިއްވަމުން ދަނިކޮށް މަޖިލީސް މެދުކަނޑާލިކަމަށެވެ. އެވަގުތު ރިޔާސަތުގައިވެސް އެއްވެސް މީހަކު ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ. ރިޔާސަތަށް ބޭފުޅަކު ވަޑައިގެންނެވުމުން މަޖިލީހުގެ ތަޅުމުން ނިކުންނާނެ ވާހަކަ އެންގިންކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، އެހެން ނަމަވެސް އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުނީ ގަވާއިދާ ހިލާފަށްކަމަށެވެ.

ނާޒިލް ވިދާޅުވީ މެންބަރުން ގަދަކަމުން ނެރެން އުޅުމުގެ ތެރެއިން އަނިޔާތަށް ލިބުނުކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެމަނިކުފާނު ހުއްޓި ވަޑައިގެން ހުންނެވި ޕޯޑިއަމް ކައިރިއަށް ވަޑައިގެން އަޑުގަދަ ކޮށްފައެވެ.

ހަމަޖެހުން ނަގާލުމުން ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު އެމްޑީޕީގެ 8 މެންބަރުންގެ ނަން ރިޔާސަތުން ވަނީ ވަނީ އިއްވާފައެވެ.

އެއަށްފަހު ޖަލްސާ އަލުން ފަށައިގެން ކުރިއަށް ގެންދާނީ މެންބަރުން ތަޅުމުން ނުކުމެވަޑައިގަތުމުން ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒާ އެކު ރިޔާސަތު ދޫކުރައްވައި ވަޑައިގެންފައެވެ.

އޭގެ ފަހުން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ތޮލްހަތު ހަސަން އިސްކޮށް ހުންނަވައި، މަޖިލީހުގެ ސެކިއުރިޓީން ވަނީ މެންބަރުން ތަޅުމުން ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: