ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކޮށްފި

އުރީދޫން ބޭއްވި ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ތައާރަފްކުރުމާއެކު އުރީދޫ މޯލްޑިވްސް އިން ވެއާބަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލެއް ގެންނަން ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމް ވެއާބަލް ހިދުމަތެއް ތައާރަފްކޮށް، ކަސްޓަމަރުންނަށް ކައިރީގައި ފޯނު ބޭނުން ނުކޮށް  ސްމާޓްވޮޗުން ސީދާ ގުޅާލެވޭ ގޮތަށް، ފުރުސަތު ފަހިކޮށްދޭ ހިދުމަތެކެވެ.

މި ޒަމާނީ ޓެކްނޮލޮޖީއާއެކު، ފޯނު ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ސެމްސަންގް ސްމާޓްވޮޗުން ކޯލްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކުރުމުގެ އިތުރުން، ފޭވަރިޓް އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެ އެވެ. އީސިމް ފަންކްޝަނަލިޓީގެ ސަބަބުން މެދުނުކެނޑި ކަނެކްޓިވިޓީ ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

”އުރީދޫގައި އަޅުގަނޑުމެން މިތިބީ އެންމެ ފަހުގެ އިނޮވޭޝަންތައް ކަސްޓަމަރުންނަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް. ސެމްސަންގް އީސިމް ވެއާބަލްސް އާ އެކު ކަނެކްޓިވިޓީގެ އިތުރު ފުރުސަތުތައް ހުޅުވި، ކަސްޓަމަރުންނަށް ފޯނާ ނުލާވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެމީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ.“

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް- ހަމާދީ.

ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އަންނަ މަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށާއި އެގޮތުން މިހާރު ބޭނުންކުރާ މޯބައިލް ނަމްބަރާއެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭނެއެވެ. ސަޕޯޓްޑް ޑިވައިސްތަކާއި އެކްޓިވޭޝަން ސްޓެޕްތައް ހިމެނޭ ގޮތަށް އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: