ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން އާސަންދައަށް ސިޓީއެއް

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޭސް ލިބުމުގައި ދިމާވަމުންދާ ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މި ސިޓީގައި މެންބަރު ކުޑޫ ވަނީ އަސާސީ ބޭސްތައް ނުލިބޭ މައްސަލަ ހައްލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޑޮކްޓަރުން ލިޔެދޭ ބޭސް އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބޭ މައްސަލަ ދިމާވަމުންދެއެވެ. އަދި ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށްވެސް ރާއްޖެއިން ނުލިބޭކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ޑޮކްޓަރުން ލިޔެދޭ ބޭހުގެ ޑޯޒޭޖު ހަމައަށް ނުލިބޭ މައްސަލަވެސް އާންމުވެފައިވާކަމަށް މެންބަރު ކުޑޫ ވިދާޅުވިއެވެ. ޚާއްޞަކޮށް ހަކުރު ބައްޔާއި ކެންސަރު ފަދަ ބަލިތަކަށް ދާއިމީކޮށް ބޭނުންކުރަންޖެހޭ ބޭސްތަކަކީ އަބަދުވެސް ލިބެން ހުންނަންޖެހޭ ބޭސްތައްކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަތަކަކީ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންގެ ކަންބޮޑުވުމެއްކަމަށް ފާހަގަކުރައްވައި، ބޭސް ލިބުމުގައި ލޮޅުންތަކެއް އަރައިގެން އުޅެނީ ކީއްވެތޯ ސުވާލުކުރައްވާފައިވެއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާސަންދައިގައި އެދިވަޑައިގެންފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އާސަންދައިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ޞިއްޙީ ދާއިރާގެ އިސްވެރިން ކުރިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: