ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ރިސޯޓްތައް ގެނައުމަށް މި އަހަރު އިންސެންޓިވްތައް ތައާރަފްކުރާނެ: ތާރިގު

މިނިސްޓަރ ތާރިގު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތައް މަދު ސަރަހައްދުތަކަށް އިތުރު ރިސޯޓުތައް ގެނައުމަށްޓަކައި މި އަހަރުގެ ތެރޭގައި އިންސެންޓިވްތައް ތައާރަފްކޮށްގެން މަސައްކަތްތައް ކުރެވިގެންދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު މިއަހަރަށް ރައްތުންގެ މަޖިލިސް ހުޅުއްވައި ދެއްވައި ދެއްވި ރިޔާސީ ބަޔާނާއި ގުޅޭ ގޮތުން ބޭއްވި ޕެނަލް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ތާރިގު ވިދާޅުވީ، ނިމިދިޔަ އަހަރު ރާއްޖެއަށް ދެމިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، ޖުމުލަ އޮކިއުޕަންސީ ރޭޓަށް ބަލާއިރު އަދިވެސް އިތުރު ފަތުރުވެރިންނަށް ޖާގަ އޮތްކަމަށެވެ. މި ހާލަތުގައި އޮކިއުޕަންސީ އިތުރުކުރުމަށް އެމްއެމްޕީއާރްސީއާއިއެކު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި އަހަރުގެ ތެރޭގައި ބޮޑެތި މާކެޓިން މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުންނާބު އުސް ފަރާތްތަކާއިއެކު މަސައްކަތްކުރުމާއި، އެކި ގައުމުތަކުގައި ފެއަރތަކާއި ރޯޑްޝޯތައް ބޭއްވުން ހިމެނެއެވެ. އަދި ސޯޝަލްމީޑިއާގެ މުހިންމު ފަރާތްތަކާއި ކުޅިވަރު ދާއިރާގެ އިސް ފަރާތްތަކާއިއެކުވެސް މާކެޓިންގެ މަސައްކަތްތައް ކުރެވޭނެކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރާއްޖޭގެ އުތުރު ސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދުތައް މަދުކަން ފާހަގަކުރައްވަމުން، މިނިސްޓަރ ތާރިގު ވިދާޅުވީ ހއ. އަތޮޅާއި ހދ. އަތޮޅުގައި އެކުޖުމުލަ 3 ރިސޯޓު އަދި ށ. އަތޮޅުގައި 2 ރިސޯޓު އޮޕަރޭޓްކުރަމުންދާ ކަމަށެވެ. މި ސަރަހައްދުތަކަށް އިތުރު ރިސޯޓުތައް ގެނައުމަށްޓަކައި އިންސެންޓިވްތައް ދީގެން މަސައްކަތްތައް ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މިނިސްޓަރ ތާރިގު ހާމަކުރެއްވި ގޮތުގައި މި އަހަރު ރާއްޖެއަށް ވައިޑްބޮޑީ އެއަރކްރާފްޓެއް ގެނެވި، ޗައިނާއަށް ދަތުރުތައް ފަށާފައިވެއެވެ. އަދި އިތުރު ވައިޑްބޮޑީ އެއަރކްރާފްޓެއް ގެނެސް އެހެނިހެން މަންޒިލުތަކަށް ދަތުރުތައް ފެށުމަށްވެސް ރޭވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިނިޝިއޭޓިވްތަކުގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމާއި، އެކި ސަރަހައްދުތަކަށް ހަމަހަމަކޮށް ތަރައްޤީ ގެނައުންކަމަށް މިނިސޓަރ ތާރިގު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މި މަސައްކަތްތަކުން މަގުފަހިވާނެކަމަށް އުއްމީދުކުރެވެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމުން، އެ ސަރަހައްދުތަކުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވާނެކަމަށްވެސް ބެލެވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ދެކޭގޮތުގައި، މި އިންސެންޓިވްތަކާއި އައު މާކެޓިން މަސައްކަތްތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އައު ދިރުމެއް ލިބި، ކުރިއަށް އޮތް އަހަރުތަކުގައި ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ. ނަމަވެސް، މި މަސައްކަތްތައް ކާމިޔާބުވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގުޅިގެންވާ މަސައްކަތް މުހިންމުކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: