ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޖީޕީގެ މެންބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން ލިބޭނެ: އާދަމް ޝަރީފު ޢުމަރު

ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕްގެ މެންބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ހޯދަންޖެހޭ އެހީތެރިކަމާއި އެއްބާރުލުން، ހޯދުމުގައި ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ އޯޖީޕީގެ މެންބަރު ޤައުމަކަށް ރާއްޖެވުމުން، ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތައް ތަންފީޒުކުރުމުގެ މަރުޙަލާގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި އެތައް ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

ޚާއްޞަކޮށް ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން މައްސަލަތައް ޙައްލުކޮށް ނަޒާހަތްތެރިކަން ކަށަވަރުކޮށް، ހެޔޮވެރިކަމެއް ކުރުމަށް ބާރަކަށް ވެގެންދާނެކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ލިބިގެންދާނެކަން އާދަމް ޝަރީފު ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖެއިން ރަސްމީކޮށް އޯޖީޕީއާ ގުޅިފައިވާ ކަން ހާމަކުރައްވާފައި ވަނީ ފިލިޕީންސްގެ މެނިލާގައި ބޭއްވި އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިންނެވެ. އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އިތުރަށް ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިކަން ލިބިގެން ދާނެއެވެ.

އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) ގައި އާދަމް ޝަރީފުގެ އިތުރުން މި ވުޒާރާގެ ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: