ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިއާންގެ މަރުގެ ބަދަލަށް 4.5 މިލިއަން ރުފިޔާ ދޭން ކުރި ޙުކުމުގެ އިސްތިއުނާފު ކުރިއަށް!

ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ އަޑުއެހުމެއް އާދިއްތަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ އާ ގުޅޭ 2 ގަޒިއްޔާ އެއް ހައިކޯޓުގައި ކުރިއަށްދާއިރު، އޭގެ ތެރެއިން އެއް ގަޒިއްޔާއަކީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބަލާ މައްސަލައެކެވެ. އަނެއް މައްސަލައަކީ ޖިއާންގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

ޖިއާންގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލައެކެވެ. އެގޮތުން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމުގައި ބަދަލު ދީފައިވާ އަދަދާމެދު ހިތްހަމަ ނުޖެހޭކަން ޖިއާންގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދޭން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ޙުކުމެވެ.

މި އަޑުއެހުމުގައި ކުރިއަށް ދިޔައީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ޖިއާންގެ އާއިލާގެ ޤާނޫނީ ޓީމުން ރައްދު ދިނުމެވެ. އެގޮތުން ޑަބްލިއު ކޮންސްޓްރަކްޝަން އިން މީގެ ކުރިން ވަނީ ސިވިލް ކޯޓުގެ ޙުކުމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދިނުން އެދި އާއިލާގެ ފަރާތުން ހުށަހެޅި މައްސަލައެވެ. އެގޮތުން މި ޙާދިސާގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބުނު މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ނަގައިދިނުން ވަނީ އެދިފައެވެ. މި މައްސަލަ އާ ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ ޖިއާންގެ އާއިލާ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ 4،557،040.86 (ހަތަރު މިލިއަން ފަސް ލައްކަ ފަންސާސް ހަތްހާސް ސާޅީސް ރުފިޔުާ އަށްޑިހަ ހަ ލާރި) 31 އޯގަސްޓުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމް ކޮށްފައެވެ.

މި މައްސަލައިގައި މަދަނީ ބަދަލު ނަގައިދިނުމަށް ހުށަހަޅާފައިވާއިރު، ދައުވާކުރި ފަރާތަށް ލިބިފައިވާ ނަފްސާނީ ގެއްލުމާއި ގުޅިގެން ކޮށްފައިވާ ޚަރަދުތައް ދައްކުވައިދޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމަށް ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެއެވެ.

އެހެންކަމުން ދެން މި މައްސަލައިގައި އޮންނަ އަޑުއެހުމެއްގައި އޮންނާނީ އިސްތިއުނާފާ ގުޅޭ ގޮތުން ދެފަރާތުން ރައްދުދީ ފަނޑިޔާރުން ސާފު ކުރަން ހުރި ކަންކަން ސާފު ކުރެއްވުންކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުޒައިފާ މުޙައްމަދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: