ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސީޖޭއަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ޓްރަމްޕު އަމުރުކޮށްފި

ޑޮނަލްޑު ޓްރަމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ މައްޗަށްކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ބެލުމަށް އައިސީޖޭއިން ނިންމާފައިވުމާއިއެކު އެ ކޯޓަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕު އަމުރުކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އެމެރިކާ އަދި އިސްރާއީލުވެސް އައިސީޖޭގެ ރަސްމީ ހައިސިއްޔަތު ބަލައިނުގަންނަކަމަށެވެ. އަދި މިހާރު އެ ކޯޓުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޓްރަމްޕު އަމުރުކުރައްވާފައިވާއިރު ދާދި ފަހުން އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫއާއި އޭނާ ބައްދަލުކުރެއްވިކަންވެސް ފާހަގަކުރެއެވެ.

އައިސީޖޭއިންވަނީ ލާއިންސާނީ އަމަލުތައް ހިންގި މައްސަލައިގައި ނެތަންޔާހޫ ހައްޔަރުކުރުމަށް ވޮރެންޓެއް ނެރިފައެވެ. ޓްރަމްޕު ސޮއިކުރައްވާފައިވާ އަމުރުގައި އެމެރިކާއިންވަނީ އަސާސެއް ނެތް ގާނޫނީ ހައިސިއްޔަތެއް ނެތް ވޮރެންޓެއް އިސްރާއީލުގެ މައްޗަށް ނެރިފައިވާކަމަށް ބުނެފައެވެ. އަދި އެއްވެސް އަސާސެއް ނެތި ވޮރެންޓު ނެރިފައިވުމުން ކޯޓުންވަނީ ބާރުގެ ނަހަމަ ބޭނުންކޮށްކަމަށްވެސް ބުނެފައިވެއެވެ. އެ އޯޑަރުގައިވާގޮތުން އައިސީސީގެ އެއްވެސް ބާރެއް އިސްރާއީލުގެ މައްޗަކަށް ނެތެވެ. އެހެންނަމަވެސް އިސްރާއީލާއި އެމެރިކާ ދެކޮޅަށް ހިންގާފައިވާ މި އަމަލުތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއް އުފެދިފައިވާކަމަށެވެ.

އޯޑަރުގައި ބުނެފައިވާގޮތުން އެމެރިކާއިން ފާހަގަކުރެވޭ މިންވަރުގެ ފިޔަވަޅުތަކެއް އަޅާނެއެވެ. އެގޮތުން އައިސީޖޭގެ މުދާ ހިފެހެއްޓުން އައި އެ މުއައްސަސާގެ އޮފިޝަލުންނަށް އެމެރިކާއަށް އެރުން މަނާކުރުން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ. އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބުނާގޮތުން ކޯޓުގެ މައްޗަށް ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން ބޮޑެތި ނުރަނގަޅު އަސަރުތަކެއް ކުރާނެއެވެ. އަދި މިއީ އެމެރިކާގެ މަސްލަހަތާއި ދެކޮޅު ފިޔަވަޅެއްކަމަށް ދެކޭކަންވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: