ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އަނެއްކާވެސް 1 ދަރަޖަ ދަށަށް!

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) އިން ރާއްޖެއިން ނިމިދިޔަ 2024 ވަނަ އަހަރު 1 ޕޮއިންޓް ދަށްވެއްޖެއެވެ.

ސީ.ޕީ.އައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ.

މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 – 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ޕޮއިންޓު ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އާންމުކުރި ސީޕީއައި ދައްކާގޮތުގައި ދިވެހިރާއްޖެ ވަނީ 39 ޕޮއިންޓުން 38 ޕޮއިންޓަށް ވެއްޓިފައެވެ. އެހެންކަމުން ރާއްޖެ ހިމެނިފައިވަނީ މި އިންޑެކްސްގެ 96 ވަނައިގައެވެ.

މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ރާއްޖެ ދަށަށް ގޮސްފައިވަނީ ގާނޫނަށް ގެނެވުނު ބަދަލުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ނުކުރެވޭތީކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެއެވެ.

މިނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށް ކަމަށްވެސް ޓްރާންޕޭރެންސީން މައުލޫމާތު ދެއެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީ.އައިއޭ) އެވެ.

2023 ވަނަ އަހަރުވެސް ސީޕީއައިއިން ރާއްޖެ ވަނީ 1 ދަރަޖަ ދަށަށް ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: