ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރަށު އެކްސްޕޯ“ ގެ ބެންކިންގ ޕާޓްނަރަކަށް ބީއެމްއެލް!

ރަށު އެކްސްޕޯ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން: ފޮޓޯ/ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށު ފަތުރުވެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ”ރަށު އެކްސްޕޯ“ގެ ބެންކިންގް ޕާޓުނަރުގެ ގޮތުގައި ބީއެމްއެލް ކަނޑައަޅައިފިއެވެ.

ބީއެމްއެލްއިން ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ރަށު އެކްސްޕޯގެ ނަމުގައި ބާއްވާ މި ހާއްސަ އެކްސްޕޯއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ، މިއީ ވަރަށް ގިނަ ރައްޔިތުންނާއި ގުޅުންހުރި އެކްސްޕޯއެއްކަމަށެވެ. އެހެންކަމުން މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެކުންފުންޏަށް ލިބޭ ފަހުރެއްކަމަށެވެ. އަދި މިއީ އާންމުންނާއި ވިޔަފާރިތަކާއި ގުޅުވައިދޭނެ އެކްސްޕޯއަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

މި އެކްސްޕޯގެ ބައިވެރިއެއްކަމަށްވާ ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ، ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކު ދޭ އަހަމިއްޔަތު ފެނިގެންދާ ކަމެއް ކަމަށެވެ. އަދި އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބެންކިންގް ހިދުމަތްދޭ ކުންފުނިން މި އިވެންޓުގައި ބައިވެރިވުމަކީވެސް އެކްސްޕޯއަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށާއި އެކަމަކީ ފަތުރުވެރި ދާއިރާގައި އުފެދިގެން އަންނަ ކުންފުނިތަކާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލްއިން އިސްކަންދޭކަމުގެ ހެއްކެއްކަމަށެވެ.

ރަށު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލް ހުންނާނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: