ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާޑެއްދޫ އެއާޕޯޓުގެ ހާލަތު ގޯސްވެ، ސިވިލް އޭވިއޭޝަނާއި ވެސް ބައްދަލު ކުރަނީ!

ގދ. ކާޑެއްދޫ އެއާޕޯޓުގެ ޓާމިނަލަށް ފަސިންޖަރުންތަކެއް ވަންނަން ދަނީ: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުމާއި ބެހޭ އެއްވެސް މަސައްކަތެއް ރޭވިފައިވާނަމަ، އެކަމެއް ހޯދުމަށާއި ތަނުގެ ހާލަތާއި ގުޅޭގޮތުން ސިވިލް އޭވިއޭޝަން ހާޒިރުކޮށް ސުވާލު ކުރުމަށް އްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ފާސްކޮށްފި އެވެ.

ގޯސްވެފައިވާ ކާޑެއްދޫ އެއާޕޯޓުގެ ހާލަތާއި ގުޅޭގޮތުން މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި މެމްބަރުން ވަނީ، ތަން ހިންގުން އެހެން ބަޔަކާއި ހަވާލު ކުރުމަސް ގޮވާލާފަ އެވެ. 50 އަހަރުގެ މުއްދަތަކަށް 2013 ގައި ކާޑެއްދޫ އެއާޕޯޓު ހަވާލުކޮށްފައި ވަނީ ވިލާ އެއާއަށެވެ. އެހެން ނަމަވެސް 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަނުގެ އެއްބަސްވުން ބާތިލުކޮށް، އެއާޕޯޓު އަތުލި އެވެ. އޭގެ ފަހުން އެއާޕޯޓު ވިލާއެއާއަށް ދޭން 2018 ގައި އަމުރު ނެރުނުއިރު އެ ނިންމުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކުރިއެވެ.

އެ ނިންމުމާއި އެއްގޮތަށް އެއާޕޯޓު ހަވާލު ކުރީ 2022 ވަނަ އަހަރުއެވެ.

މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެފައި ވަނީ ސަލާމަތީ ގޮތުން ވެސް ފެންވަރު ދަށްވެ އެއާޕޯޓުގެ ހާލަތު އޮތީ ހިންގުމުގެ ވެސް ހުއްދަ ނުދެވޭނެހާ ދަށަށް ގޮސްފައި ކަމަށެވެ. ސައުދުﷲ ގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ އެއާޕޯޓުގެ ފެންވަރު ދެނެގަތުމަށްޓަކައި ތަނުގެ އެސެސްމަންޓެއް ވެސް ހަދާފައި ނުވާކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވާތީ އެވެ.

ދުވަހުން ދުވަހަށް، އެއާޕޯޓުގެ ހާލަތު ދަށަށްދާއިރު އެއާޕޯޓު ހިންގުމާއި ހަވާލުވެ އޮތް ވިލާ އެއާއިން އެކަމުގައި އެއްވެސް ސީރިއަސްކަމެއް ނުގެންގުޅޭ ސަބަބާއި މެދު ސުވާލު އުފައްދައި ސައުދުﷲ ވިދާޅުވީ ތަން ތަރައްގީ ކުރުމުގެ އެއްވެސް ވިސްނުމެއް އެ ކުންފުނީގެ އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އެހެންކަމުން އެއާޕޯޓު ހިންގުން ވިލާގެ އެއާ އަތުން އަތުލަން ޖެހޭކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ މިހާރު އެއާޕޯޓު އޮތީ، ހަވާލު ކުރިއިރު އޮތް ހިސާބަށް ވުރެ ގޯސްކޮށް ކަމަށެވެ.

މި މައްސަލައިގައި ވިލާއެއާގެ ވެރިންނާއި ބައްދަލު ކުރަން ޖެހޭކަމަށް މެމްބަރުން ވިދާޅުވުމުން، ކޮމިޓިގެ މުގައްރިރު އަލީ ފަޒާދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަކަށް ވިލާ އެއާ ހާޒިރުވުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންވެ މެމްބަރުން ވަނީ، ސިިވިލް އޭވިއޭޝަނާއި ވިލާ އެއާ ދެމެދުވީ އެއްބަސްވުމާއި އެއާޕޯޓުގެ ތަރައްގީ ނުވަތަ މަސައްކަތްތަކާއި ބެހޭ އެއްވެސްކަމެއް ކުރިޔަށް ގެންދަން ރޭވިފައިވާނަމަ އެ ޕްލޭން ހޯއްދެވުމަށް ހުށަހަޅުއްވާފައެވެ.

ސިވިލް އޭވިއޭޝަނާއި ބައްދަލު ކުރުމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހެޅުއްވިއިރު އެގޮތަށް ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: