ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލިޕީންސް ދަތުރު އުފެއްދުންތެރި އަދި ވަރަށް ކާމިޔާބު: އާދަމް ޝަރީފު

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޯޖީޕީ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، ލޯކަލް ކައުންސިލްތަކާއި ބައްދަލު ކުރެއްވުމަށް ފިލިޕީންސް ވެރިރަށް މެނީލާއަށް ކުރެއްވި ދަތުރު އުފެއްދުންތެރި އަދި ވަރަށް ކާމިޔާބުކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވަނީ އޯޕަން ގަވަރނަންސާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލޯކަލް ގަވަރމަންޓުތަކަށް ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި، ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަށާއި، ޔޫއެންޑީޕީ މޯލްޑިވްސްއަށް ޝުކުރު ދަންނަވަފައި ވެއެވެ.

މިނިސްޓަރު ފިލިޕީންސަށް ކުރެއްވެވި މި ދަތުރުފުޅުގައި، ސެކްރެޓަރީ އޮފް ދަ އިންޓީރިއަރ އެންޑް ލޯކަލް ގަވަރމަންޓް އޮފް ދަ ފިލިޕީންސް، ހުއަނީތޯ ވިކްޓަރ ސީ. ރެމޫލާއާ ވެސް ބައްދަލުކުރައްވައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހުއަނީތޯ ވިކްޓަރ ސީ. ރެމޫލާއާ މިނިސްޓަރު ކުރެއްވެވި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމާއި ލޯކަލް ގަވަރނަންސް ހަރުދަނާކުރުމާއި، ދިވެހިންނަށް ފިލިޕީންސުން ސްކޮލަރޝިޕް ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް  އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރާއްޖެއަށް ވަޑައިގަތުމަށް ސެކްރެޓަރީ ރެމޫލާއަށް މިނިސްޓަރު އެރުވި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައިވާކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

ކާމިޔާބުކަމާއެކު ލާމަރުކަޒީ ނިޒާމު ހިންގާ ޤައުމުތަކުގައި ކަންކަން ކުރައްވާ ގޮތް ދެނެގަނެ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާގެ ޢަލީގައި ހޯއްދެވުމަކީ، ޔޫއެންޑީޕީގެ އެހީތެރިކަމާއެކު މެނީލާއަށް ވަޒީރު ކުރެއްވި ދަތުުރުފުޅުގެ މުހިންމު އަމާޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: