ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގް ކުށްތަކުގެ ބިލު ފަރުމާ ކޮށްފައި އޮތް ގޮތުން އަސާސީ ހައްގުތައް ގެއްލިދާނެ: ކުޑޫ

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭންގް ކުށްތަކުގެ ބިލު ފަރުމާ ކޮށްފައި އޮތް ގޮތުން ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލިދާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (ކުޑޫ) ވިދާޅުވެއްޖެއެވެ.

ގޭންގް ކުށްތަށް ހުއްޓުވުމަށް ސަރުޚާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ ސަބަބުން ކުށް ނުކުރާ މީހުން ވެސް ގޭންގު ކުށުގެ ޒިންމާ އުފުލަންޖެހިދާނެ ހާލަތަތްތަކެއް އުފަންވާކަމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

މި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ކުށް ސާބިތު ނުވާ މީހެއްގެ މުދާ ދައުލަތަށް ނެގޭނެ ހަމަތަކެއް މި ބިލުގައި ހިމަނާފައިވާކަމަށެވެ. އެހެންކަމުން އެ މާއްދާ އެގޮތަށް ފާސް ކޮށްފިނަމަ ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ބާރު ކެނޑިގެންދާނެކަމަށް މެންބަރު ވިދާޅުވިއެވެ.

މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާހައި ހިނދަކު، ކޮންމެ މީހަކީވެސް މައުސޫމް މީހެއްކަމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަކަން ފާހަގަކޮށް މެންބަރު ވިދާޅުވީ ކުށް ސާބިތު ނުވީމާ އެ މީހާގެ މުދާ ދައުލަތަށް ނެގުމަކީ އެއްވެސް ހަމައަކުން ހަމަޖެހޭ ކަމެއް ނޫންކަމަށެވެ.

ވަރަށް ފުޅާ ދާއިރާއެއްގައި ގާނޫނު މާނަކުރެވެން އޮތްކަމަށް ފާހަގަކޮށްވެސް މެންބަރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބިލުގެ 26 ވަނަ މާއްދާގައި ކުށް ކުރާ ގްރޫޕަކާ ގުޅިފައިވާ ”އެއްވެސް މީހެއް“ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް އޮތްކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، ބިލު މިހާރު އޮތް ގޮތުން ޖިނާއީ ކުށްކުރާ ކަމަށް ބެލެވޭ ދެ މީހަކު ފުޓުބޯޅަ ކުލަބެއްގައި ހިމެނިއްޖެ ނަމަ އެ ކުލަބަކީ ކުށްކުރާ ގުރޫޕެއްގެ ގޮތުގައި ލޭބަލްވުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

މިހެން އޮތުމުން ކަމާ ނުބެހޭ މީހުން ވެސް ކުށުގެ ޒިންމާ އުފުލަން ޖެހިދާނެ ގިނަ ހާލަތްތަކެއް ކުރިމަތިވާނެ.

މެންބަރު ވިދާޅުވިއެވެ.

އަސާސީ ހައްގުތަށް ގެއްލިގެންދާނެފަދަ ކަންކަންވެސް ބިލުގައި ހިމެނޭކަމަށް ވިދާޅުވިއެވެ. އެގޮތުން މެންބަރު ފާހަގަކުރެއްވިއެވެ. ގާނޫނީ ވަކީލުގެ އެހީތެރިކަމަކީ ވަރަށް އަސާސީ ހައްގެއްކަމަށް މެންބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: