ރާއްޖޭގެ 7 މެޖިސްޓްރޭޓް ކޯޓަކަށް އިސްމެޖިސްޓްރޭޓުން އައްޔަނުކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރި އިސްމެޖިސްޓްރޭޓުން 2025 ފެބުރުވަރީ 13 ގައި މަޤާމުގެ ހުވައިކުރައްވާފައިވާ ކަމަށެވެ.
އަލަށް މަޤާމުގެ ހުވާކުރެއްވި އިސް މެޖިސްޓްރޭޓުން:
- ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ހއ.ބާރަށް / ރޭސަމް، އަލްއުސްތާޛު ޢަބްދުﷲ ޖައިލަމް
- ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ބ.ކެންދޫ / ސައްކެޔޮގެ، އަލްއުސްތާޛު ޖިނާން ޢަބްދުﷲ
- ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ލ.މާވަށް / އެންދެރިމާގެ، އަލްއުސްތާޛު އިސްމާޢިލް މާހިރު
- ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ކ.މާފުށި / ޝާހީ، އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤް
- ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ފ.ދަރަނބޫދޫ / ރޯޝަނީގެ، އަލްއުސްތާޛު ޢަލީ އިސްމާޢީލް
- ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ލ.ގަން / ފަޒާ، އަލްއުސްތާޛު އަޙްމަދު ޝާފީ
- ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ގދ.ގައްދޫ / ޔެލޯސީ، އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދު
އިސްމެޖިސްޓްރޭޓުން ހުވާ ކުރެއްވުމާ ގުޅިގެން މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އެ ބޭފުޅުންނަށް އަރުވާފައެވެ.

