ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ގަވަމަންޓްސް ސަމިޓް 2025އަށް ފަހު ނައިބުރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ”ވޯލްޑް ގަވަމަންޓްސް ސަމިޓް 2025″ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ނައިބުރައީސްގެ މި ދަތުރުފުޅުގައި، ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025 ގެ ޕްލެނަރީ ސެޝަނާއި ގްލޯބަލް ގަވަރމަންޓް އެކްސެލެންސް އެވޯޑްގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަމިޓުގެ ހަވާސާގައި ބޭއްވި ދަ ގަވަމަންޓްސް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމާއި ކްލައިމެޓް ޗޭންޖް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅު ތެރެއިން ނައިބުރައީސް ވަނީ ”ވޯލްޑް ގަވަމަންޓްސް ސަމިޓް 2025″ގެ ހަވާސާގައި ކުރިއަށްދިޔަ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވާފައެވެ. އެގޮތުން މި ތަޤުރީރުގައި އެމަނިކުފާނު ވިދާޅުވީ މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށާއި، ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަމުގައެވެ.

މި ފޯރަމްގައި ނައިބުރައީސްގެ އަރިހުގައި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ހަރ އެކްސެލެންސީ އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރަގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ހިޒް އެކްސެލެންސީ މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓުގައި ނައިބުރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: