ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖްތިމާއި މުހިންމު މައްސަލަތަކަށް އަލިއަޅުވާލައި ފިލްމް ސްކްރީނިންގ ހަރަކާތެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް ޕޮޕުލޭޝަން ފަންޑް (ޔޫއެންޕީއެފް) އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލެޕްމެންޓް ގުޅިގެން އާޓިފިޝަލް ބީޗްގައި ފިލްމް ސްކްރީނީން އެއް ބާއްވައިފިއެވެ.

މި ސްކްރީނިންގ ކުރިޔަށް ގެންގޮސްފައިވަނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ސްކްރީނިންގެ ސަބަބުން މާނަހުރި ވާހަކަ ދެއްކުމުގެ ބިންގަލެއް ލިބިގެން ދިޔަ ކަމަށެވެ. އަދި ސްކްރީން ކުރެވުނު ފިލްމަކީ އިޖްތިމާއި މުހިންމު މައްސަލަތަކަށް އަލިއަޅުވާލާ، އެ މައްސަލަތަކަށް ފުންކޮށް ވާހަކަ ދެއްކުމަށް ލިބބިގެން ދިޔަ ފުރުސަތެއް ކަމަށެވެ.

މި އިސްނެންގެވުމާއި އެކު  ބޭއްވުނު ސްކްރީނިންގ އަދި ޕެންލް ޑިސްކަޝަންއަކީ މުޖުތަމައުގެ ފަރުދުން މަޝްވަރާކޮށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކުރިމަތިލާ، އެ މައްސަލަތަށް ހައްލުކުރުމާ މެދު ވިސްނުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނިއެވެ.

ކާމިޔާބު ގޮތުއްގައި ކުރިޔަށް ގެންދެވުނު، މި ފައިދާ ކުރަނިވި އިވެންޓުގައި ބައިވެރިވި ފަރާތްތަކަށް އެ އިދާރާއިން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

 


				
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: