ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ވަނީ ގައުމުގެ މިނިވަންކަންވެސް މޯގޭޖުކޮށްފަ: ފަލާޙު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
އެމްޑީޕީގެ ވެރިކަމުގައި ޤައުމުގެ މިނިވަންކަމަށް އަސަރުކޮށްފައިވާ ކަމަށާއި، މިފަދަ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙުޤީޤުކުރަންޖެހޭ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

މެންބަރު ފަލާޙު މި ވާހަކަ ދެއްކެވީ، އޭސީސީގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުމުގެ ތެރޭގައެވެ.

ފަލާޙު ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެ ކޮމިޓީން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝާދުކުރައްވާފައެވެ.

އޭސީސީއަކީ ޤައުމީ ފެންވަރުގައި ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރާ މުއައްސަސާއެއްކަން ފާހަގަކުރައްވައި، ފަލާޙު ވިދާޅުވީ ޤައުމުގެ އެކި ދާއިރާތަކުގައި ހިނގާ ނޭދެވޭ ޢަމަލުތައް ބެލުމުގެ ޒިންމާ އުފުލަނީ އޭސީސީން ކަމަށެވެ.

ފަލާޙުގެ މި ވާހަކަފުޅާ ގުޅިގެން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، އޭސީސީއަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރާ މުއައްސަސާއެއް ނޫންކަމަށް ވިދާޅުވެފައެވެ.

މި ވާހަކައަށް ތާއީދުކުރައްވައި ފަލާޙު ވިދާޅުވީ، މި ޤައުމުގައި ކޮރަޕްޝަންގެ އެންމެ ގިނަ މައްސަލަތައް ހާމަވެފައިވަނީ ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. މީގެ ތެރޭގައި ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލަ ފަލާޙު ވަނީ ޚާއްޞަކޮށް ފާހަގަކުރައްވާފައެވެ.

ބައްލަވާ ވެންޓިލޭޓަރުތަކެއް ޑުބާއީ ކުންފުންޏަކަށް، އުފަންވެސް ނުވާ ކުންފުންޏަކަށް ގަންނަން ދީފަ، ދިވެހި ދައުލަތުން ރޯމާ ދުވާލު ގާތްގަނޑަކަށް 35 މިލިއަނޭ އަޅުގަނޑު ހަދާންވަނީ. ފިއްޓޭ 33 މިލިއަންތޯ؟ 33 މިލިއަން އާދެ! ފިއްޓެ އެ ވިދާޅުވީ… 33 މިލިއަން ރުފިޔާ ކާލީ ހަމަ ރޯމާ ދުވާލު.

ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ނުހިނގާ ވައްކަމެއް ނެތްކަމަށާއި، ނަމަވެސް އޭސީސީއަށް މާ ބޮޑު ފިޔަވަޅެއް ނޭޅުންކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހިންގާފައި ހުރި ވައްކަންތަކާއި ޖަރީމާތައް އޭސީސީއިން ވަރަށް ރަނގަޅަށް ބަލަން ޖެހޭކަމަށެވެ.

އެމްޑީޕީއިން ވަނީ ގައުމުގެ މިނިވަންކަންވެސް މޯގޭޖުކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: