ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލެޔަރއަށް 30،000 ރުފިޔާ!

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ދަ އަލްޓިމޭޓް ގޭމިންގ ފެސްޓިވަލް މިމަހުގެ 21 އަދި 22 ގައި މާލޭގައި ކުރިއަށް ގެންދާނެ ކަމަށް އޫރީދޫއިން ބުނެފިއެވެ.

ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި އުރީދޫއިން ބުނެފައިވަނީ ”އުރީދޫ ނޭޝަން ގޭމާސް ލޭންޑް“ އަކީ އީ ސްޕޯޓްސް ކުރިއެރުވުމަށް ހުޅުވާލާ ޕްލެޓްފޯމެއް ކަމަށެވެ. އަދި އުރީދޫ ނޭޝަންސްއިން ވަރަށް ގިނަ އީ-ސްޕޯޓްސް މުބާރާތްތައް އަހަރުގެ އެކި ހިސާބުތަކުގައި ބާއްވާ ކަމަށް ވަނީ ބުނެފައެވެ.

އުރީދޫއިން ބުނެފައިވަނީ އީ- ސްޕޯޓްސްއަކީ މިހާރު ވަރަށް ގިނަ ބަޔަކު ފޯރިޔާއެކު ބައިވެރިވަމުންދާ މުބާރާތެއް ކަމަށެވެ. ކުންފުނިން މައުލޫމާތު ދިން ގޮތުގައި މިހާރު އުރީދޫއިން ފޯކަސްކޮށްފައިވާ ގޭމު ތަކުގެ ތެރޭގައި ހިމެނެނީ ޕަބްޖީ މޯބައިލް، އެމްއެލްބީބީ އަދި އީއޭއެފްސީ (ފުޓުބޯޅަ) އެވެ.

އަހަރުގެ ތެރޭގައި އެތައް މުބާރަތެއް އުރީދޫ ނޭޝަންއިން ކުރިއަށް ގެންދާއިރު ކޮންޓެންޑަރ ސީރީޒް ހިމެނޭ ކަމަށާއި، އަދި މިދިޔަ އަހަރު އިންޓަރ އޮފީސް މުބާރާތެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އުރީދޫގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓަންޓް މެނޭޖަރ ޝިއުނާ ހަމީދް ވަނީ ވިދާޅުވެފައެވެ.

މި އަހަރުވެސް ގިނަ މުބާރާރްތަކެއް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށާއި އެގޮތުން މި މަހުގައި އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ދަ އަލްޓިމޭޓް ގޭމިންގ ފެސްޓިވަލް ބާއްވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

މި ފެސްޓިވަލް އަކީ މިދިޔަ އަހަރު ކުރިއަށް ދިޔަ މުބާރާތްތަކުގެ އެންމެ ފައިނަލް މުބާރްތައް ކުރިއަށްދާ ފެސްޓިވަލް ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ކޮންޓެންޑަރ އެކި ސީރީޒް ތަކުން ކޮލިފައިވެފައިވާ އެކި ފައިނަލިސްޓުންތައް މި ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ. މި ފެސްޓިވަލް ކުރިއަށް ދާނީ މާލޭގެ އުސްފަސްގަނޑުގައި، މި މަހުގެ 21 އަދި 22 ގައި ކަމަށް ޝިއުނާ ފާހަގަކުރެއްވިއެވެ.

މި ފެސްޓިވަލްގައި އަލްޓިމޭޓް ޕްލޭޔަރ އަށް ހޮވޭ ފަރާތަކަށްވެސް 30،000 ރުފިޔާ ލިބިގެން ދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: