ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެބްރުއަރީ 13ގެ ނިޔަލަށް ޕީއެސްއައިޕީ ހަރަދަކީ 324.8 މިލިއަން

މީރާ އާއި ފިނޭންސް މިނިސްޓްރީ ހިންގާ އޮފީސް؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެސްއައިޕީ މަސައްކަތްތަކަށް ފެބްރުއަރީ 13 ވަނަ ދުވަހުގެ ނިޔަލަށް 324.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސްއިން އާންމުކޮށްފައިވާ ހަފްތާގެ ތަފާސްހިސާބުގެ އެންމެ ފަހުގެ ރިޕޯޓުގައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް މާލީގޮތުން އައިސްފައިވާ ކުރިއެރުންތައް ހިއްސާކޮށްފައެވެ. މިނިސްޓްރީން ބުނާގޮތުން މި މުއްދަތުގެ ތެރޭގައި ޕީއެސްއައިޕީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރެވިފައިވަނީ އެއަރޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތްތަކަށް ކަމަށެވެ.

ޓްރާންސްޕޯޓު ދާއިރާއަށް ޖުމުލަ 235.7 މިލިއަން ހަރަދުކޮށްފައިވާއިރު އެއަރޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތްތަކަށް މި އަދަދުގެ ތެރެއިން 207.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފެނިގެންދެއެވެ. އަދި ބަނދަރުތައް ތަރައްގީކުރުމަށްޓަކައި 27.7 މިލިއަން ހޭދަކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތަކަށެވެ.

މި ދާއިރާއަށް ޖުމުލަ 84.4 މިލިއަން ރުފިޔާ ފެބްރުއަރީ 13 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައިވެއެވެ. މީގެ ތެރެއިން ބިން ހިއްކުމަށްޓަކައި 74.4 މިލިއަން ހަރަދުކޮށްފައިވާއިރު މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި 10 މިލިއަން ހޭދަކޮށްފައިވާކަން ފެނިގެންދެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި 0.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ރިޕޯޓުން ދައްކާއިރު ނިމިދިޔަ ދައުރުގައި ކުރިއަށް ގެންގޮސް ނިންމާފައިވާކަމަށް ސިފަވެފައިވާ ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައިވެސް ޕީއެސްއައިޕީގެ ގޮތުގައި ހަރަދުކޮށްފައިވެއެވެ. އެގޮތުން މި ވަސީލަތްތައް ގާއިމުކުރުމަށްޓަކައި 0.4 މިލިއަން ހަރަދުކޮށްފައިވާކަމަށް ފިނޭންސް އިން ބުނެފައިވެއެވެ.

ތިމާވެށި ރައްކައުތެރިކުރުމަށްޓަކައިވެސް މި މުއްދަތުގައި މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ދާއިރާއަށް ޖުމުލަ 1.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މީގެ ތެރެއިން 0.8 މިލިއަން ހަރަދުކުރީ ކުނި ނައްތާލުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށެވެ. ރަށްގިރުމުގެ މައްސަލަތަކަށް ހައްލުތަކެއް ގެނައުމުގެ ގޮތުން ކޯސްޓަލް ޕްރޮޓެކްޝަން މަސައްކަތްތައްވެސް ކުރެވިފައިވެއެވެ. އެ މަސައްކަތްތަކަށް 0.1 މިލިއަން ހަރަދުކޮށްފައިވާއިރު އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި 1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފިނޭންސްއިން ހިއްސާކޮށްފައިވެއެވެ.

ތައުލީމީ ދާއިރާއިން 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމުގޮތުން 0.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށްވެސް ފިނޭންސްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: