ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ތަޅުމުގައި އިބްތިދާއީ ބަހުސް ކުރިއަށް ދިޔައިރު މެމްބަރުން ވަނީ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލާއި ގުޅޭގޮތުން ބަހުސްކޮށްފައެވެ.

މިއަދު އެ ބިލާ ގުޅޭގޮތުން ނެގި ވޯޓުން ވަނީ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ. އެ ބިލު ފާސްކޮށްފައި ވަނީ 64 ގެ ވޯޓުންނެވެ. ބިލު ބޭރު ކުރުމަށް އެމްޑީޕީގެ 12 މެމްބަރުންވެސް ވަނީ ވޯޓު ދީފައެވެ. މި ބިލު މަޖިލީހަށް ހުށައަޅާފައިވަނީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުޙައްމަދެވެ.

މިހާރު ކޯޓުތަކުގެ ޤާނޫނު އޮންނަގޮތް އިސްލާޙުކޮށް، ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނު ކުރެވިފައިވާ ޖުމުލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށާއި، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ވާންޖެހޭނީ އޮނަހިރި އަދަދަކަށްކަމަށް ކަނޑައެޅުމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓަށް އައްޔަނު ކޮށްފައިވާ ފަނޑިޔާރަކު އޭނާގެ މަޤާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލު ނޫންކަމަށް ޖޭއެސްސީއަށް ޤަބޫލު ކުރެވިގެން، އެ ފަނޑިޔާރަކު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވުމުންކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުގެ މަތިން ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި  ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެއަށްފަހު 7 ދުވަހުގެ ތެރޭގައި ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމަންޖެހެއެވެ.

އަދި މި މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް އެކަންކަމާ ގުޅިގެން ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތަކާއި އިޖުރާއަތުތަކަށް އިސްތިސްނާއެއް ދިނުމުގެ ބާރު ޖޭއެސްސީއަށް އަދި މަޖިލީހަށް ލިބިގެންވާނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، އެގޮތުގެ މަތިން ވަކިކުރެވޭ ފަނޑިޔާރުންނަށް ފަނޑިޔާރުންގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޚާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ޖޭއެސްސީން ކަނޑައަޅާ ގޮތެއްގެ މަތިން ދައުލަތުން ދޭންވާނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ވަކިކުރެވޭ ފަނޑިޔާރުން ފިޔަވައި ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ފަނޑިޔާރުން އެ ފަނޑިޔާރުންގެ މަޤާމުގައި ދެމިތިބޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް ބިލެއް ހުށަހަޅާފައިމިވާ ދަނޑިވަޅަކީ ޤާނޫނުއަސާސީއަށް ގެނައި އިސްލާޙުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަނީ އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. މީގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސްގެ މެމްބަރުގެ ގޮތުގައި އިންނަވާ މެމްބަރު މުހައްމަދު ސަމީރު ވަކިކުރައްވައި އެ މަގާމަށް ޔަޒްމީދު މުހައްމަދު އާދިއްތަ ދުވަހުގެ ވަގުތެއްގައި ވަނީ އައްޔަނުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: