ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުސާން މެޑަމް ފަޒްނާއަށް އަމާޒުކުރި ފާޑުކިޔުންތަކަށް ފައްޔާޒްގެ ރައްދު

ޝެއާރކޮށްލާ ކަހަލަދޯ؟

މްލޭންޑް މިނިސްޓަރު އަލީ އިހުސާން، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައްދުދެއްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ހޯމްލޭންޑް މިނިސްޓަރުގެ ވާހަކަފުޅުތައް ހުރީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ވާހަކަތައް ހުންނަ ގޮތަށް ކަމަށާއި، ”ދޮގެއްގެ މައްޗަށް ދޮގެއް ބިނާކޮށް“ އެ ބޭފުޅާ ކުރިއަށް ވަޑައިގަންނަވާ ކަމަށެވެ.

އިހުސާން ދެއްކެވި ފޮޓޯއާ ގުޅޭގޮތުން ފައްޔާޒް ސާފުކޮށްދެއްވި ގޮތުގައި، އެއީ 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެ ޕާޓީގެ ހަރުގެއެއްގައި މެޑަމް ފަޒްނާ މަސައްކަތްކުރައްވަމުން ގެންދެވި ވަގުތު ނެގިފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުޝިޕް ފޯމު ފުރުއްވާއިރު ކޮންމެ މެންބަރެއްގެވެސް ފޮޓޯ ނަގާ ކަމަށް ފާހަގަކުރެއްވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޓެކްނޮލޮޖީއާއި ޑޭޓާބޭސް އަދި އެޕްތައް މެދުވެރިކޮށް މެންބަރުންގެ ފޮޓޯ ޖެހި ލިސްޓުތައް އަބަދުވެސް އެ ޕާޓީގެ އަތުގައި ހުންނަ ކަމަށާއި، މެޑަމް ފަޒްނާ ޕްރައިމަރީގައި މަސައްކަތް ކުރެއްވީ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރައްވާތީ ކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 63%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: