ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެސްޓިނެޓް މައްސަލައިގައި އިހުމާލެއްވާނަމަ ފިޔަވަޅު އަޅަންޖެހޭނެ!

މަސައްކަތުގައި އުޅޭ ބިދޭސީންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އެކި މުއައްސަސާތަކުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުންނަށް މާލީ ބަދަލު ދޭންޖެހުމަކީ ކޮންމެ ސަރުކާރެއްގައިވެސް ދިމާވާ ކަމެކެވެ. މިފަދަ މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ބަދަލު ދޭންޖެހުމާއި، ބައެއް މައްސަލަތައް ކޯޓުތަކުގައި ދިގުލައިގެން ދިއުމަކީ ވޭތުވެދިޔަ ސަރުކާރުތަކުގައިވެސް ފެނިފައިވާ ކަމެކެވެ.

ދައުލަތުން ބޮޑެތި އަދަދުތަކުން ބަދަލު ދޭންޖެހޭ ގިނަ މައްސަލަތަކުގައި، ދައުލަތުގެ އިހުމާލު، އެއްބަސްވުމާ ޚިލާފުވުން ނުވަތަ ދައުލަތުގެ ޒިންމާ އަދާނުކުރުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ މައްސަލަތަކަކީ އާންމުކޮށް ސިޔާސީ ގޮތުން ސަރުކާރުތަކަށް ފާޑުކިޔުމަށް ބޭނުންކުރެވޭ ކަންކަމެވެ. މިސާލަކަށް ނޫމަޑި، ދީބާޖާ އަދި ޖީއެމްއާރްގެ މައްސަލަތައް ފާހަގަކުރެވެއެވެ.

މިހާރު އަލުން މަޝްހޫރުވެފައިވާ މައްސަލައަކީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންތައްތައް ބެލެހެއްޓުމަށް ބްލެކްލިސްޓް ކުރެވިފައިވާ ކުންފުންޏަކާ މަސައްކަތް ޙަވާލުކުރި ކަމަށް ބުނެވޭ މައްސަލައެވެ. މި މަސައްކަތް ޙަވާލުކުރެވުނީ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާއެވެ. މި ކަމާ ގުޅިގެން ދާޚިލީ ވަޒީރަށާއި ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރަމުންދާ ދިއުމަކީ އަދުގެ ބޮޑު އެއް ސުރުހީއަށް ވެއްޖެއެވެ.

ނަމަވެސް، ދާޚިލީ ވަޒީރު އަލީ އިޙްސާން މަޖިލީހުގައި ދެއްކެވި ވާހަކަތަކުން އެނގުނު ގޮތުގައި، މި މައްސަލައިގައި އެތައް އިހުމާލުތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ. 2015 ގައި ބެސްޓިނެޓް ކުންފުންޏާއެކު ވެވުނު އެއްބަސްވުން 2019 ގައި ހުއްޓުވުނު ނަމަވެސް، އެ ކުންފުނިން ކޮށްފައިވާ އިންވެސްޓްމަންޓާ ގުޅިގެން އެތައް މުޢާމަލާތެއް ކުރެވުނެވެ. އެހެންނަމަވެސް، މި މުޢާމަލާތްތަކަށް އޭރުގެ ސަރުކާރުން އެކަށީގެންވާ ޖަވާބެއް ދީފައެއް ނުވެއެވެ.

ބެސްޓިނެޓް ކުންފުންޏާއެކު 2015 ގައި ހެދި އެއްބަސްވުމަށް އަމަލުކުރުން ފަހުން ވަނީ ހުއްޓުވާފައެވެ. އެއީ 2019 ވަނަ އަހަރު އޭރު ރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން އެތެރެކުރުން ހުއްޓާލަން ނިންމި ނިންމުމާ ގުޅިގެންނެވެ. އެހެންނަމަވެސް އެ ކުންފުނިން 13.7 މިލިއަންގެ އިންވެސްޓްމެންޓެއް ކޮށްފައިވާތީ އެކަމުގައި ކުރިއަށްދާނެ ގޮތަކާ ގުޅޭގޮތުން އެ ކުންފުނިން މިދިޔަ ސަރުކާރުގައި އެތައް މުއާމަލާތެއް ކޮށްފައިވެއެވެ.

އެހެންނަމަވެސް އެ މުއާމަލާތުތަކާއި، އެކަމާ ގުޅިގެން ފޮނުވި ސިޓީތަކަށް އޭރު ސަރުކާރުން ޖަވާބުދީފައެއް ނުވެއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ޤާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރ އެޓަރނީ ޖެނެރަލްގެ ލަފައަކަށް އެދުނު ނަމަވެސް، އެކަށީގެންވާ ޖަވާބެއް ލިބިފައެއް ނުވަތަ ލަފައެއް ދީފައެއް ނުވެއެވެ. އަދި އިކޮނޮމިކް މިނިސްޓަރަށާއި ރައީސުލްޖުމްހޫރިއްޔާއަށްވެސް މި މައްސަލައާ ގުޅޭ ސިޓީތައް ފޮނުވުނު ނަމަވެސް، އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، ކުރީގެ ސަރުކާރުގެ ވެރިންގެ އިހުމާލުގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ދާޚިލީ ވަޒީރު ނިންމަވާފައިވެއެވެ. މި މައްސަލައިގައި މިހާރުގެ ސަރުކާރަށް ދެ އިޚްތިޔާރެއް ދެވުނެވެ: އެއީ ބޮޑު އަދަދަކުން ބަދަލު ދިނުން ނުވަތަ އެ ކުންފުންޏާއެކު މަސައްކަތް ކުރިއަށް ގެންދިއުމެވެ.

މިހާތަނަށް ދައުލަތުން ބަދަލެއް ދޭންޖެހިފައި ނުވި ނަމަވެސް، މުޅި މައްސަލަ ހިނގާފައިވާ ގޮތަށް ބަލާއިރު، ކުރީގެ ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މައްސަލައާ ކުރިމަތިލާފައިނުވުމުގެ ސަބަބުން ދައުލަތުގެ އިޚްތިޔާރުތައް މަދުވެފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައިން އަޅުގަނޑުމެންނަށް އެނގިގެންދަނީ ދައުލަތުގެ މުއައްސަސާތަކުން ނިންމާ ނިންމުންތަކާއި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ދިގު މުއްދަތަކަށް ދައުލަތަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮންނަ މިންވަރެވެ. އެހެންކަމުން، މިފަދަ މުހިންމު ނިންމުންތައް ނިންމުމުގައި ދައުލަތުގެ ހުރިހާ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އެކަށީގެންވާ މިންވަރަށް މަޝްވަރާކުރަން ޖެހެއެވެ.
ހަމައެހެންމެ ޤާނޫނީ ލަފާ ހޯދުމާއި އެ ލަފާއަށް ރިޢާޔަތްކުރުމާއި،  ދައުލަތުގެ މާލީ އަދި ޤާނޫނީ ޒިންމާތަކަށް ސަމާލުކަން ދިނުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އަދި އެކަން ނުކޮށްފިނަމަ އެ ނުކުރި ބައެއްގެ މައްސަލަ ބަލައި ދައުލަތަށްވާ ގެއްލުމުގެ ބަދަލު ހޯދަން ޖެހޭނެއެވެ.
މީގެއިތުރުން  ދިގު މުއްދަތަށް ކުރާނެ އަސަރުތައް ދިރާސާކުރުމާއި. ކަމާގުޅޭ ފަރާތްތަކާއެކު ހާމަކަން ބޮޑު ގޮތެއްގައި މުޢާމަލާތްކުރުމަކީ މި ކުޑަކުޑަ ދައުލަތުގެ ސަލާމަތަށްޓަކައި ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވި، ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: