ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލު ފާސްކުރީ އެމްޑީޕީ ތިން މެމްބަރެއްގެ ނަން އިއްވުމަށް ފަހު؛ ވޯޓަށް އަހަމުން ދަނިކޮށް އަޒާން ތަޅުން ދޫކުރެއްވި!

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކި ކުރާ ބިލަށް ވޯޓަށް އެހުމަށް ތައްޔާރުވަމުން ދަނިކޮށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ވޯޓުގައި ބައިވެރި ނުވެ ތަޅުމުން ނިކުމެވަޑައިގެންފިއެވެ.

މިއީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހެކެވެ.

މި އިސްލާހު ފާސްވީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލާ ދެކޮޅަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.

އަޒާން ވަނީ މި ބިލަށް ވޯޓަށް އަހަމުން ދަނިކޮށް ތަޅުން ދޫކުރައްވާފަ އެވެ. އޭގެ ކުރިން އިއްޔެގެ ޖަލްސާއަށް ވެސް ވޯޓަށް އެހި ގަޑީ އަޒާން ހާޒިރުވެފައި ނުވެއެވެ. މައްސަލައިގައި އަޒާން ޕީއެންސީގެ ޕީޖީ ގުރޫޕުތަކުން ބޭރުވެސްކޮށްފައިވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
ވަރަށް ގަދަ
47%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 28%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: