ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ސްރީލަންކާ ގުޅިގެން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ވިސްނަނީ!

ރާއްޖޭގެ ސަފީރު އަދި ސްރީލަންކާގެ ރައީސް: ފޮޓޯ/ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ސްރީލަންކާ ގުޅިގެން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ މެދުގައި މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާތައް ކުރެވިފައިވަނީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު މަސްއޫދު އިމާދު، އެ ގައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެއާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ސަފީރު މަސްއޫދު ވަނީ ސްރީލަންކާގެ އައު ސަރުކާރަށް ލިބިފައިވާ އިންތިހާބީ ކާމިޔާބީތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި ”އިންތިހާބަށްފަހު އެ ގައުމަށް އަންނަމުންދާ ރަނގަޅު ބަދަލުތަކާމެދު ހިތްހަމަޖެހޭ“ ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ދެ ގައުމުގެ މެދުގައި 60 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ހާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުވާލެވުނު މި ބައްދަލުވުމުގައި، ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަވެސް ވަނީ ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ.

މި މުހިންމު ބައްދަލުވުމުގައި ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ރައީސްގެ ސީނިއަރ އެޑިޝަނަލް ސެކްރެޓަރީ ރޯޝަން ގަމަގެ އާއި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އަދި އެޑިޝަނަލް ސެކްރެޓަރީ އައިމިނަތު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވައެވެ.

މި މަޝްވަރާތަކަކީ ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ގެނެސްދޭނެ ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން އިތުރު އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: