ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއިން ބަލައިދިނުމަށް އެދިއްޖެ

ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ، (241) ކޮމިޓީން ބަލައިދިނުމަށް އެދިއްޖެއެވެ.

މި މައްސަލަ 241 ކޮމިޓީއަށް ހުށައަޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި މައްސަލައިގައި މެންބަރު އިބްރާހީމް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުވާފަައެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ އެ ރަށުގެ ގިނަ ރައްޔިތުން އަޑު އުފުލަމުން އަންނަކަން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ޒަކިއްޔާ މަރުވެފައި އޮތްއިރު ހަށިގަނޑުގައި ޒަހަމަތަކެއް ހުރިއިރު، އެއީ މީހަކު ކުރިކަމެއް ކަމުގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނުމަށްފަހު ތަހުގީގާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން އާންމު ނުކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއްކަމަށެވެ.

މި މަރުގެ ހަގީގަތް ގެނެނުގަނެވި ގިނަ ދުވަސްތަކެއް ވެގެންދާނަމަ، އެކަމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެކަމުގެ ބިރު އެބައޮތްކަމަށްވެސް މި ސިޓީގައިވެއެވެ.

އިދާރާތަކުން އެކަށީގެންވާ ސަމާލުކަމެއް އެ ނުދޭކަމުގެ ޝަކުވާ ރައްޔިތުންގެ އެބައޮތްކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. ހޮޅުދޫ އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މެންބަރު އެދިވަޑައިގެންފައިވަނީ 241 ކޮމިޓީ މެދުވެރިކޮށް އެ މައްސަލަ ބަލައި، ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

މި މަރާއި ގުޅިގެން އެމްޑީޕީއިން ކުއްލި މައްސަލައެއްވެސް މަޖިލީހަށް ހުށައެޅިއެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލައިގަނެފައެއްނުވެއެވެ.

ދާދި ފަހުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވަނީ މި މަރުގެ މައްސަލައިގެ ތަހުގީގަށް ހޮޅުދޫއަށްވެސް ވަޑައިގެންފައެވެ. މިއީ އާދައިގެ މަރެއް ނޫންކަމަށް ހޯދުނު ހޯދުންތަކަށްފަހު ވިދާޅުވިއެވެ. ޒަކިއްޔާ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރިކަމަށް މިނިސްޓަރ އިހުސާންވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި އޮޓޮޕްސީ ނަހަދައި ޒަކިއްޔާ ވަޅުލާން ނިންމުމުން އެރަށުގެ ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސުވާލު އުފައްދާފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ޑޮކްޓަރަކު ޒަކިއްޔާގެ ހަށިގަނޑު ބެއްލެވި ކަމަށެވެ. ނަމަވެސް، އޮޓޮޕްސީ ނަހަދާ ދޫކޮށްލި ދޫކޮށްލުމަކީ އެންމެ ރަނަގަޅު ގޮތް ކަމަށް ގަބަޫލު ނުކުރައްވާ ކަމަށް އިހުސާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: