ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢައްޒާއަށް އެހީފޯރުވަން އިސްރާއިން ފަންޑްރެއިޒިންގ ހަރަކާތެއް!

އިސްރާ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ހަރަކާތުގެ މައުލޫމާތު: ފޮޓޯ/ އިސްރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިސްރާ އެސޯސިއޭޝަނުން މުލަރޯދަ ހަދިޔާގެ ނަމުގައި ފަންޑްރެއިޒިންގް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މުލަރޯދަ ހަދިޔާގެ ނަމުގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ފަންޑްރެއިޒިންގް ހަރަކާތާއިމެދު ވާޙަކަދައްކަވަމުން އިސްރާ އެސޯސިއޭޝަންގެ ރައީސް ޝައިހު ހުސައިން އަންސާރު ވިދާޅުވީ، ޣައްޒާގެ ރައްޔިތުންވަނީ ވަރަށް ނިކަމެތިވެފައިކަމަށެވެ. އަންސާރު ވިދާޅުވީ، އެއީ ކޮންމެ ދުވަހެއްގައިވެސް ފެންނަމުންދާ މަންޒަރުތަކެއްކަމަށާއި އިސްރާއީލުގެ އުދުވާންތަކުގެ ސަބަބުން މުޅި ޣައްޒާވެސް ވަނީ ފުނޑުފުނޑުވެފައިވާ ހާލަތުގައިކަމަށެވެ.

އެހެންކަމުން މި ރަމަޟާން މަހުގެ މުލަރޯދަ ދުވަހު، މުލަރޯދަ ހަދިޔާގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޮޑު ފަންޑްރެއިޒިންގް ހަރަކާތެއް ކލުރިއަށް ގެންދިއުމަސް ނިންމާފައިވާކަމަށެވެ. އަދި މިހަރަކާތަށް ހާއްސަކޮށްގެން މާލޭގެ ހުރިހާ ހުކުރުކުރާ މިސްކިތްތަކެއްގައި ފަންޑު ފޮށިތައް ބަހައްޓާނެކަމަށާއި އޮންލައިންކޮށް ބައިވެރިވެ ޓްރާންސްފާކުރައްވައިގެންވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ހުޅުވާލެވިފައިވާކަން ހިއްސާކުރެއްވިއެވެ.

އިސްރާއީން ވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެދިފައެވެ. އަދި އެ އެސޯސިއޭޝަނުގެ އުންމީދަކީ މި ރަމަޟާން މަހުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނަށް ދިވެހިންގެ ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށާއި މި ހަރަކާތުގެ ތެރެއިން ޖަމާކުރެވިގެންދާ ފައިސާ މި ރަމަޟާން މަހުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް އުންމީދުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: