ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިއޮތަސް ޝަރުޢީ ނިޒާމަކަށް އަތެއް ނުބާނާނެ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ލިބިފައި އޮތަސް ޝަރުޢީ ނިޒާމަށް އަތް ބާނައި ފަނޑިޔާރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނެގުންފަދަ ދިމިޤްރާތީ އުސޫލުތަކާއި، ރޫލް އޮފް ލޯ އާއި ޚިލާފު ކަންކަން ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ފެހި ޤާނޫނުއަސާސީގެ ދަށުން ވެރިކަން ކޮށްފައިވާ ބައެއްވެރީން ރާއްޖޭގެ ފަނޑިޔާރުގެއަށް އަތާއި، ފަޔާއި ބާނައިގެން އުޅުނުކަން ނުދަންނަ ބަޔަކު މުޅި ދުނިޔޭގައި ވެސް ނުހުންނާނެ ކަމަށެވެ. އެމް.ޑީ.ޕީ ގެ ފުރަތަމަ ވެރިކަމުގައި، ޖިނާޢި ކޯޓުގެ ފަނޑިޔާރަކު އޭނާގެ ގޭގައި ޢާއިލާއާއި އެކު އިންނަވަނިކޮށް ސިފައިން ބަރުހަތިޔާރާއި އެކު ކުރީގެ ރައީސް ނަޝީދުގެ އޯޑަރަށް އެފަނޑިޔާރު ހައްޔަރުކޮށް، މިލިޓަރީ ފެސިލިޓީ އެއްގައި ބަންދުކޮށް ޢާއިލާއަށް ވެސް ފަނޑިޔާރު ވީ ތަނެއް އަންގާނުލާ އުޅުނު ހަނދާން ނެތުނީތޯ ވަނީ ސުވާލު ކުރައްވާފައެވެ.

2010 ގައި ފަނޑިޔާރުންގެ ޤާނޫނު ވުޖޫދުވުމާއި އެކު، އެކުލަވާލި ދާއިމީ ސުޕްރީމް ކޯޓަށް 7 ފަނޑިޔާރުން ހަމަކުރިއިރު، އިންތިގާލީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ވީ ކިހިނެއްކަން ފަލާހު ވަނީ ސުވާލު އުފައްދަވާފައެވެ. 2014 ވަނަ އަހަރު ޕީޕީއެމް ގެ ވެރިކަމުގައި ކުރީގެ ރައީސް ޔާމީންގެ ރޭވުމުގެ ދަށުން އޭރު އޮތް ސުޕްރީމް ކޯޓުގެ ޢަދަދު 5 އަށް ތިރިކޮށް، 2 ފަނޑިޔާރުން ދުރުކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އެއަށްފަހު 2018 ގެ ފެބްރުއަރީ 1 ގެ އަމުރާއި އެކު، ސިފައިން ލައްވާ މުޅި ސުޕްރީމް ކޯޓު ހިޞޯރުކޮށް، ފުރާޅުގައި ހުރި ޓިނަށްދަންދެން ނަގާ ހިސާބަށް ގެންގޮސް، ފަނޑިޔާރު ހުރަގެއަށް ލެއްވި ހަނދާން އެމަނިކުފާނު ނެތުނީތޯވެސް ފަލާހު ސުވާލު އުފެއްދެވިއެވެ.

2018 ގެ ރިޔާސީ އިންތިޚާބާއި 2019 ގެ މަޖިލީސް މެޖޯރިޓީ ކާމިޔާބު ކުރި، އެމް.ޑީ.ޕީގެ ދެވަނަ ވެރިކަން ފެށުމާއި އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކުރި ކަމަށް ފަލާހު ވިދާޅިުވިއެވެ. މެމްބަރު ވިދާޅުވީ އެމް.ޑީޕީގެ ސިޔާސީ އެކްޓިވެސްޓެއްގެ ގޮތުގައި މަގުމަތީ ހަރަކާތްތަކުގައި 2004 ން ފެށިގެން އިސްކޮށް އުޅެމިންދިޔަ އަދި 2018 ގެ ރިޔާސީ އިންތިހާބުގައި ބ. އަތޮޅުގެ ރަށްތަކުގައި އެމް.ޑީ.ޕީ ކެންޕޭން ޖަގަހަ ހުޅުވައި، ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންދީ، 5 މެންބަރުންގެ ބެންޗު 7 އަކަށް އުފުލިކަމަށެވެ.

ފަލާހު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުން މަޖިލީހުގެ ފުރިހަމަ ޢައްލަބިއްޔަތު ލިބިފައި އޮތަސް ޝަރުޢީ ނިޒާމަށް އަތް ބާނައި ފަނޑިޔާރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނެގުންފަދަ ދިމިޤްރާތީ އުސޫލުތަކާއި، ރޫލް އޮފް ލޯ އާއި ޚިލާފު ކަންކަން ނުކުރައްވާނެ ކަމަށެވެ. ޕާލިމެންޓްރީ ސްޕްރަމަސީ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ޢަމުދުން ދަމަހައްޓަން ޖެހޭ ކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ. ފަނޑިޔާރުގޭގެ ޢަދަދު ކަނޑައަޅަން މަޖިލީހުން ޤާނޫނަށް އިޞްލާޙް ގެނައުމަކީ އެ މަޖިލީހަށް ޤާނޫނުއަސާސީ އާއި ޤާނޫނު ތަކުން ލިބިދޭ މުޠުލަޤު ބާރެއް ކަަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ މިއީ ރައީސް އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫންކަމަށެވެ. ރައީސް މުޢިއްޒު އަކީ ޑިމޮކްރަސީ ގެ ރޫލް އޮފް ލޯ އަށް އިޚްތިރާމް ކުރައްވާ، އިންސާފުވެރިކަމާއި އަދި ޢަދުލުވެރި ކަމާ އެކު ވެރިކަން ކުރައްވާ ރައީސެއް ކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރުން ސިފައިންނެރެ ބަރުހަތިޔާރު ދައްކައިގެން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބިޑިއަޅުވައި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވަން ރައީސް މުޢީޒު ނޫޅުއްވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމަށް ނިންމުމާއިއެކު ގިނަ ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ އެއީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: