ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ގަމުގައި އިންވެސްޓްމަންޓްތައް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ގަމުގައި އިންވެސްޓްމަންޓްތައް ހިންގުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮގައްދޫ ކައުންސިލުން ބުނީ ގަމަކީ ގައްދޫގެ އިޚްތިޞާޞްގެ ގޮތުގައި ހިމެނިފައިވާ ރަށެއްކަމަށްވާއިރު، ވަކި ދާއިރާތަކުން މަޝްރޫޢުތައް ތަރައްޤީކޮށް ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި ގުޅުން ހުރި ކަންކަމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންގ އާއި ގުޅުންހުރި ކަންކަމާއި ރިސާޗިންގް އާއި ގުޅުންހުރި ކަންކަމުން ވެސް ވަނީ ފުރުސަތު ހުޅުވާލާފައިވެއެވެ.

ކުއުންސިލުން ބުނީ ނެޝެނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓާސްއަށް އެލްއޯއީ ހުށަހެޅުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ޝޯޓްލިސްޓްކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ކޮމްޕެޓިޓާސްތަކުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް އެފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުޞަތު ދެވިގެންދާނެ ކަމަށެވެ.

ޝަޢުޤުވެރިވާ ފަރާތްތަކުން އެޕްރީލް 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޕްރޮޕޯސަލް ހުށައަޅަންޖެހޭކަމަށެވެ.

ގުޅުންހުރި ޑޮކިއުމަންޓްތައް ހުށަހަޅާނީ procurement@gadhdhoo.gov.mv މެއިލް އަށެވެ.

ގދ. ގަމަކީ ގުދުރަތީ ގޮތުން ރާއްޖޭގައި އުފެދިފައި އޮތް ދެވަނައަށް އެންމެ ބޮޑު ރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: