ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމް.އައި.ޑީ.އެފް.ޒެޑް) އަދި އެގްރޯނެޓްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި މަޝްވަރާއާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް ދަނޑިވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ދަނޑުވެރިން އުފައްދާ ތަކެތި އަގުހެޔޮކޮށް ބާޒާރަށް ގެނެވޭނެ މަގުފަހިކުރުމާއި މާރކެޓު ހޯދައިދިނުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ވުޒާރާގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދަނޑުވެރިންނަށް ހުރި ފުރުސަތުތައް ފަހިވާނެކަމަށާއި، ލިބޭ އާމްދަނީ އިތުރުވެ އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ. އެއީ އެކި އިދާރާތަކާއި ގުޅިގެން ކުރާ މަސައްކަތުންކަމަށް ވިދާޅުވިއެވެ.

މި ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު، އެ ދާއިރާއިން ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދަތިތަކެއް އެބަހުރިކަމަށް މީގެ ކުރީގައި ޑރ މާރިޔާ ވިދާޅުވެފައިވެއެވެ. ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ދެވިފައިނުވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: