ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ހޯލްސޭލަރުންނަށް ކާށި ޝިޕްމެންޓު ގެނެސްދެނީ!

އެސްޓީއޯ ޕީޕާލްސް ޗޮއިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ވިޔަފާރިކުރައްވާ ހޯލްސޭލަރުންނަށް ކާށީގެ ސްޓޮކް ގެނެސްދިނުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާގޮތުން އެ ކުންފުނިންވަނީ މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ހާއްސަ ތައްޔާރީތަކެއް ވެފައެވެ. އެގޮތުން ބާޒާރުގައި އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކަށް ބަލައި އަގުތައް ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށާއި މިވަގުތު ބާޒާރުގައި ކާށީގެ އަގު ބޮޑުވަމުުންގޮސް 40 ރުފިޔާ އަދި 60 ރުފިޔާ ދެމެދަށް އުފުލިފައިވާކަމަށެވެ. މިގޮތަށް އަގުތައް ހުރިތާ ހަފްތާއެއްހާ ދުވަސް ވެފައިވާއިރު އާންމުންގެ ތެރޭގައި މިކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާކަމަށާއި އެހެންކަމުން މިހާރު އެސްޓީއޯ މެދުވެރިވެގެން ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައިވެއެވެ.

އަގުތައް ތިރިކުރުމަށްޓަކައި ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުނަށް ކާށި ވިއްކަން ފަށާފައިވާއިރު އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް ބާޒާރަށް ނެރެމުން އަންނަކަން ހިއްސާކޮށްފައިވެއެވެ. އަދި ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށްވެސް ނިންމާފައިވާކަމަށާއި އެ ނިންމުމުގެ ދަށުން ސްޓޮކް ބުކް ކުރުމަށްޓަކައި ފުރުސަތު ހުޅުވާލެވިފައިވާކަމަށްވެސް ބުނެފައިވެއެވެ. މި ފިޔަވަޅުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުންކަމަށް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ކާށީގެ ސްޓޮކް ހޯއްދެވުމަށް އެދިވަޑައިގަންނަވާ ހޯލްސޭލް ވިޔަފާރިވެރިންނަށް އެސްޓީއޯގެ ނަންމަބަރު 3012575 އަށް ގުޅުއްވައިގެންނާއި 7291124 އަށް ވައިބަރކުރައްވައިގެންވެސް ބުކިންގް ހެއްދެވިދާނެކަމަށް ބުނެފައިވެއެވެ. ބުކިންގް ލިބޭވަރަކުން ކޮންމެ 10 ދުވަހަކުން ޝިޕްމެންޓު ގެނެވޭނެކަމަށް އެސްޓީއޯއިން މަައުލޫމާތު ދީފައިވާއިރު އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެކަން ހާމަކޮށްފައިވެއެވެ.

މި ފުރުސަތު މެދުވެރިކޮށް ގެންނަ މުދަލަށް ފައިސާ ދައްކަންޖެހޭނީ ޝިޕްމެންޓް އައުމުން ދިވެހި ފައިސާއިންނެވެ. މިގޮތަށް ހިދުމަތް ދިނުމުގެ މައިގަނޑު މަގުސަދަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އާންމު ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުންކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: