ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރު ދައްކައި އިންޒާރު ދީފައިވާ މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރު ދައްކައި އިންޒާރު ދީފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި އެ ހިދުމަތަށް ހުށައަޅައިފައިވާ ކަމަށެވެ. އަދި ރޭގެ ދަންވަރު 12:45 ހާއިރު 4 މީހަކު ވަދެ އެ ގެއަށް ގެއްލުން ދިފައިވާ މައްސަލަ އާއި ގުޅިގެން އެ ހަތަރު މީހުން ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ރީތިހިޔާ/އއ. މާޅޮސް، މުހައްމަދު އަފްލާހު، އީލަސް/ނ. ވެލިދޫ، އިބްރާހިމް އަހުނަފް، ހަވޭލި/ނ. މަނަދޫ، މުހައްމަދު އަޒާން އަދި ފަޒާ/ތ. ގުރައިދޫ އަލީ ނަވާފެވެ. މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް އެމީހުން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން މި މައުލޫމާތުތައް އާއްމުކޮށްފައި ވާއިރު ގޭގެވެރިފަރާތް ކަމަށްބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވީޑިއޯއެއް ދައުރު ވަމުންނެވެ. އެމީހާގެ ގައިގައި ގަދަކަމުން ސިނގިރޭޓު ޖައްސައި، އޭނާގެ ގައިގެ އެތައް މިތަނނަށް ހީރަސް ޖަހައިފައި ހުރިތަންވެސް ވީޑިއޯއިން ފެނެއެވެ. އަދި އޭނާ ހިފަހައްޓައި ގަދަކަމުން އެކި ވަރުގެ އަނިޔާތައްވެސް ކުރާ މަންޒަރު ފެނެއެވެ.

