ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހުޅުވި ރިސޯޓުތައް ހުޅުވުމަށް ޓުއަރިޒަމްގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހު މުހިންމު: އިއްސެ

ފޭދޫ އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު އިސްމާއިލް ނިޒާރު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީ ނުކުރެވި ބަންދުކުރެވިފައިވާ ރިސޯޓުތަކުން ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމަށްޓަކައި ޓުއަރިޒަމް ގާނޫނަށް ހުށައެޅިފައިވާ އިސްލާހު ބޭނުންތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން އިސްމާއިލް ނިޒާރު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީން މަޖިލިސް މެމްބަރުންގެ މައްޗަށް ލާޒިމުކޮށްފައިވާ އެންމެ މުހިންމު މަސައްކަތަކީ ގާނޫނުތައް ހެދުމާއި، ގާނޫނުއަސާސީއާއި ގާނޫނުތަކަށް އެވަގުތަކު ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ގާނޫނުތައް އުވާލުމެވެ. އަދި މިއީ މަޖިލީހުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މަސައްކަތްތައްކަމަށް އެމެމްބަރު ފާހަގަކުރެއްވިއެވެ.

”ޓުއަރިޒަމް ގާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކަށް ބަލާއިރު އެންމެ މުހިންމުކަމަކަށް އޮތީ ޓުއަރިޒަމް ބޭނުމަށް ތަރައްގީކޮށް ހިންގާ ތަންތަން މަރާމާތުކުރުމަށްޓަކައި ބަންދުކުރުމާއި ގުޅޭގޮތުން ހިމަނާފައިވާ މާއްދާ،“ އިސްމާއިލް ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި މިވަގުތުވެސް ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ރިސޯޓެއް ބަންދުކުރެވިފައިވާތާ ޒަމާންތަކެއް ވެފައިވާކަމަށާއި، އެތަން ހުޅުވޭނެ މަގެއް އަދިވެސް ފެނިފައިނުވާކަން އެމެމްބަރު ފާހަގަކުރެއްވިއެވެ. ކޮވިޑްގެ ދުވަސްވަރު ރިސޯޓު ބަންދުކުރުމަށްފަހު، އޭރު އޮތް ސަރުކާރުން ރިސޯޓު އަނބުރާ އޮޕަރޭޝަނަލް ހާލަތަށް ގެނައުމުގައި ނުކުޅެދިފައިވާކަމަށްވެސް އެމެމްބަރު ވިދާޅުވިއެވެ.

އިސްމާއިލް ނިޒާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަތުގައި އޮތް 30 އިންސައްތަ ހިއްސާވެސް އެއްވެސް ޝަރުތެއް ނެތި ދޫކޮށްލާފައިވާކަން ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި ޓުއަރިޒަމް ގާނޫނަށް މިގެނެވޭ އިސްލާހުތައް މުހިންމުކަމަށް އެމެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 19%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: