ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ދޭން މިއުޅެނީ އެންޓިޑިފެކްޝަން ގާނޫނަށް ގާނޫނީ ބާރުވެރިކަން: އައިފާން

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓިޑިފެކްޝަން ގާނޫނަށް އޭރު ގާނޫނީ ބާރުވެރިކަމެއް ނެތް ކަމަށާއި، މިހާރު ކުރާ މަސައްކަތަކީ އެ ގާނޫނަށް ގާނޫނީ ބާރުވެރިކަން ދިނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އައިފާން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނާމެދު ބަހުސްތަކެއް ކުރެވިގެންދާއިރު އިދިކޮޅގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ގާނޫނެއް ގެނައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް އައިފާން ފާހަގަކުރެއްވިއެވެ. އަދި އޭރު އެ ގާނޫނު ވުޖޫދު ކުރުމާއިއެކު 12 މެމްބަރުންގެ ގޮނޑި ގެއްލިގެން ދިޔަ ކަމަށްވެސް އައިފާން ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އެހެން ކަންކަން ހިނގުމުން އޭރުގެވެސް އިދިކޮޅިގައި ތިއްބެވި އެމްޑީޕީން ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުން ދިޔަ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީގެ ބޭނުންހިފައި ސަރުކާރު ބަދަލުވުމާއި ގާތަށް އައިސްފައިވަނިކޮށް އަލުން އެންޓި ޑިފެކްޝަން ގާނޫނު ވުޖޫދު ކުރި ކަމަށް އައިފާން ވިދާޅުވިއެވެ. އޭރުވެސް އެންޓި ޑިފެކްޝަން ގާނޫނު ވުޖޫދު ކުރީ ހަމައެއް ބޭނުމެއްގައި ކަމަށާއި، އެމްޑީޕީގެ މެމްބަރުން ޕާޓީ ދޫކޮށް ގޮސްފާނެކަމުގެ ބިރު އެމީހުންނަށް އޮތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އޭރު މަޖިލީހަށް މި މައްސަލަ ހުށައެޅީ ޑިމޮކްރެޓްސްގެ ރައީސްއަކަށް އޭރު ހުންނެވި ހަސަން ލަތީފް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އޭރު އެ މައްސަލަ މަޖިލީހަށް ވެއްދީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ ގޮތުގައި ކަމަށް އައިފާން ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެނޫން ގޮތަކަށް އެއަށް ގާނޫނީ ބާރުވެރިކަން ދެވެން ނެތް ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ނިންމީ ގާނޫނެއްގެ ގޮތުގައި ގެންނަން ކަމަށް އައިފާން ވިދާޅުވިއެވެ.

”އެންޓިޑިފެކްޝަން ގާނޫނުގައި އެއްވެސް ކަހަލަ ގާނޫނީ ބާރުވެރިކަމެއް ނެތް. މީގެން މިސާލަކަށް މެމްބަރަކު ޕާޓީ ދޫކޮށްފައި ދާ ހާލަތެއްގައި ދެން ހަދަންވީ ގޮތެއްވެސް ނޭންގޭ. ވާންވީ ގޮތެއްވެސް ގާނޫނުގައި ބަޔާންކޮށްފައެއް ނެތް. އެހެންވީމާ މަޖިލީހަށް ހުށައެޅިގެން އެންޓިޑިފެކްޝަން ގާނޫނާއި ގުޅިގެން ސަރުކާރު ފަރާތުން ހުށައެޅި މައްސަލަ އޭރު ހުށައެޅިގެން ދިޔައީ ގާނޫނީ ބާރުުވެރިކަން މި ބިލަށް ލިބޭނެ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްދެނީ މި“

އައިފާން ވިދާޅުވީ ހުރިހާ އެންމެންވެސް އެ ގާނޫނަށް ތާއިދު ކުރާ ކަމަށާއި، ސަބަބަކީ ގިނަ މަޖިލިސް މެމްބަރުންނާއި ދޭތެރޭގައި ބައިވަރު ތުހުމަތު އެކި ފަރާތްތަކުން ކުރަމުން ދިޔުން ކަމަށެވެ. މެމްބަރު ވިދޅުވީ މަޖިލިސް މެމްބަރުންގެ ނަޒާހަތްތެރި ކަމާމެދުގައި ސުވާލު އުފައްދަމުންދާ ކަމަށާއި، އޭރެއްގެ އިދިކޮޅުގައި އޮންނަ ބަޔަކުވެސް މެމްބަރުންނަށް ރިޝަވަތު ނަގާކަމުގެ ތުހުމަތުތައް ފަދަ ވާހަކަތައް ދައްކާކަމަށެވެ.

މީގެއިތުރަށް މެމްބަރު  ވިދާޅުވީ އެންޓިޑިފެކްޝަން ވުޖޫދު ވުމާއިއެކު މަޖިލިސް މެމްބަރުންނާއި ދެމެދު ކުރެވޭ ތުހުމަތުތައް ނިމުމަކަށް އައިސްފައިވާކަމަށެވެ. މެމްބަރުންގެ މަޒާހާތްތެރިކަމާ މެދު ރައްޔިތު މީހާއަށްވެސް ޔަގީންކަން އޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: