އީ-ސްޕޯޓްސްއަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ގައުމީ ފެންވަރުގައި ކުރިއަށް ގެންދަވީ ކަމެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓަސް، އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K25 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަސްވާޑް ވިދާޅުވީ އުރީދޫގެ މި މުބާރާތަކީ 3 ދުވަހަށް އުރީދޫއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދެވުނު ފެސްޓިވަލްއެއް ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 3 ބަޔަކަށް ބަހާލައިގެން ކަމަށާއި، އެއީ ސޮކާރ، ޓެކަން އަދި ޕަބްޖީ ކަމަށް އަސްވާޑް ފާހަގަކުރެއްވިއެވެ. އަސްވާޑް ވިދާޅުވީ އީ-ސްޕޯޓްސްގައި ހިމެނޭ ހަމައެކަނި ގޭމު ތަކަކީ ހަމައެކަނި އެ ތިން ގޭމު ނޫން ކަމަށް އެނގެވަޑައިގަންނަވާ ކަމަށެވެ.
އެހެންނަމަވެސް އީ ސްޕޯޓްސް ފެށުމަށް އެންމެ ރަނގަޅު 3 ގޭމެއްގެ ގޮތުގައި ފެނިވަޑައިގަތީ އެ ތިން ގޭމު ކަމަށް އަސްވާޑް ފާހަގަކުރެއްވިއެވެ. އަސްވާޑް ވިދާޅުވީ މީގެއިތުރަށްވެސް ބައިވަރު އީ-ސްޕޯޓްސްގެ ބައިވަރު ގޭމްތައް ހުރި ކަމަށާއި އެހެންކަމުން އެ ސްޕޯޓްސް ތަކާއިއެކުވެސް ކުރިއަށް އޮތް ތަނުގައި އިންކޯޕަރޭޓްކޮށް ވަށާޖެހޭ ރަނގަޅު ޕްލެޓްފޯމެއް ގާއިމްކުރައްވާނެ ކަމަށެވެ.
”އަޅުގަނޑުމެން މިތިބީ ދިވެހި ޒުވާނުން އީ-ސްޕޯޓްސް، އީ-ގޭމިންގެ ގެ ތެރޭގައި ކުރިމަގެއް ހޯދައިދިނުމަށް. އުރީދޫގެ ސީސީއޯ ދެއްވި ހިޔާލަކީ މުޅި ރާއްޖެއަށް ހުޅުވާލަންވީއޭ. ހަމައެކަނި މާލޭގައި މި ތާޑް ސްޕޭސްގައި އެކަންޏެއް ނޫނޭ އަޅުގަނޑުމެން މުބާރާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދަންވީ. އަޅުގަނޑުމެން މިކަން ކުރިއަށް ގެންދަންވީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ގައުމީ ފެންވަރެއްގައި، އަޅުގަނޑުމެން އީ ސްޕޯޓްސް ކުރިއަށް ގެންދަންވީ“
އަސްވާޑް ވިދާޅުވީ ބައިވެރިންނާއިއެކު މިމަސައްކަތުގައި މިނިސްޓްރީޏް އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. މި މެޗުތަކުން ފެނިގެންދިޔައީ ހުނަރުވެރި ޒުވާނުން ކަމަށާއި އެހެންނަމަވެސް ކުޅިވަރުގައި ދަސްކުރަންޖެހޭ ފިލާވަޅަކީ މޮޅު ވުމަކީ ކޮންމެވެސް އެއް ބަޔަކަށް އޮންނާނެ ކަމެއް ކަން އަސްވާޑް ފާހަގަކުރެއްވިއެވެ. އަދި ބަލި ވުމަކީ މޮޅު ވުމަށް ލިބޭ ހިއްވަރެއް ކަމަށްވެސް ވިދާޅުވިއެވެ.

