ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ދަރިކަލުންގެ ހައްޓާއި ފުރާނައަށް ނުރައްކާ ކުރިމަތިވެދާނެ ވާހަކަވެސް އެބަ ފަތުރާ: ވަކީލު

ރައީސުލްޖުމްހޫރިއްޔާ, "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު -2024" ހުޅުވައިދެއްވުން/ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ހަށިކޮޅާއި ފުރާނައަށްވެސް ނުރައްކާވެދާނެ ޒާތުގެ ވާހަކަތައް އެބަ ފަތުރާކަމަށް ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ، އެއްވެސް ޙާލެއްގައި ދަރިންނާއި އާއިލާއަށް އިހުތިރާމު ކުޑަކުރުމަކީ ރައީސް އަދި ރައީސްގެ އާއިލާގެ ފަރާތުންވެސް ތާއީދު ކުރާނެ އަދި ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.

އާޒިމާ ވިދާޅުވީ، ރައީސްގެ ދަރިންގެ ފުރާނައާއި ހައްޓަށްވެސް ނުރައްކާވެދާނެ ޒާތުގެ ކަންކަން މިހާރުވެސް ހިނގަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އާޒިމާ ވިދާޅުވީ، ރައީސްގެ ދަރިކަލުންނަށް ނުރައްކާތައް ކުރިމަތިވާ ޒާތުގެ ކަންކަންވެސް ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ކަމަށެވެ. އެއީ ޖިނާއީ މައްސަލަތަކެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ޖިނާއީ މައްސަލަތަކެއް ހުށަހަޅައިގެން ކުރިއަށް ނުގެންދަވަން ނިންމަވާފައިވާ ކަމަށާއި، މަދަނީ ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވާކަމަށް އާޒިމާ ތަފްސީލުކޮށްދެއްވިއެވެ. އެގޮތުން ޖިނާއީ ދައުވާ ކުރުމާއި ޖިނާއީ މައްސަލަތައް ކުރިއަށް ދިއުމަކީ ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރާ ކަންކަންކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ދައުވާ ހުށަހަޅުއްވާނެކަމަށް އާޒިމާ ވިދާޅުވިއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 1%ވަރަށް ގަޔާވޭ 1%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 1%ވަރަށް ދެރަ 87%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: