ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނުތައް ދެކުމަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު މިހާ ހިސާބަށް އައިރު، ލޯނުތައް ދެކުމަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުންނެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް މިހާރު އާންމުކޮށްފައިވާއިރު، މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް 2.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

މި އަދަދު މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ހޭދަކޮށްފައިވާ އަދަދާ އަޅާ ކިޔާއިރު، މިއީ 1.49 ބިލިއަން ރުފިޔާ ނުވަތަ 188.5 ޕަސެންޓް އިތުރުވުމެކެވެ.

2025 ވަނަ އަހަރަށް މި ސަރުކާރުން އެކުލަވާލި ބަޖެޓުގައި ލޯނުތައް ދެއްކުމަށް ކަނޑައަޅާފައިވަނީ 3.8 ބިލިއަން ރުފިޔާއެވެ.

ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ވަނީ މިއަހަރުގެ މިހާ ހިސާބަށް އައިރު ދަށަށް ގޮސްފައެވެ. މި ހަރަދުތައް 5.7 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 7.4 ބިލިއަން ރުފިޔާގައެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 2.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދަށް 2.9 ބިލިއަން ރުފިޔާގަ މި އަހަރު ހޭދަކޮށްފައިވެއެވެ. މިއީ ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވާ ފައިސާކަމަށްވާއިރު، ކެޕިޓަލް ހަރަދު މި އަހަރު ހުރީ 394.6 މިލިއަން ރުފިޔާގައެވެ.

މިއަހަރުގެ މިހާ ހިސާބަށް އައިރު، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.19 ބިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: