މިހާރު ކާނިވާ ސަރަހައްދުގައި ހުރި ސްޓޭޖު ތަޅާލުމަށްފަހު އާ ސްޓޭޖެއް އެޅުމަށްޓަކައި ހަވާލުކޮށްފިއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެމުން ސިޓީ ކައުންސިލުން އާ ސްޓޭޖެއް ތަރައްގީކުރުމުގެ މަސައްކަތް ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަސައްކަތް ހަވާލުކުރީ 140 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
މިހާރު އެ ސަރަހައްދުގައި ހުރި ސްޓޭޖު ހުރީ މަރާމާތު ކުރަން ޖެހިފައެވެ.
ދާދި ފަހުން މާލޭ ރަސް ފަންނު ސަރަހައްދުވެސް ވަނީ އަލުން ތަރައްގީކޮށްފައިކަން ފާހަގަކޮށްލެވެއެވެ. މިހެން ހުރި އެކި ސަރަހައްދުތައް ވީރާނާވާން ދޫކޮށްނުލާ އަލުން ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތަކެވެ.

