އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީން އަލީ ވަކިކޮށްފިއެވެ.
މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރީ ޖެނުއަރީ 22، 2024 ގައެވެ.
އެސްޑީއެފްސީއިން ކުރަމުން ގެންދަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ކުރާ މަސައްކަތްތަކެވެ.
ފިފްޝީން ބޭންކިން ދާއިރާ އަދި ފިނޭންސް ދާއިރާގެ ކެރިއަރު ފެއްޓެވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި 2003 ވަނަ އަހަރުއެވެ. ފިފްޝީން ވަނީ ގައުމީ ބޭންކުގައި ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވައިފައެވެ.

