ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ކުރިއަށް ދަނީ ފުރިހަމައަށް މައިނޯރިޓީއަށް ފުރުސަތު ދީގެން: ޝަރީފް

ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ މަޖިލީސް ކުރިއަށްދަނީ ފުރިހަމައަށް މައިނޯރިޓީއަށް ފުރުސަތު ދީގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީއެންސީގެ މެންބަރުންނަށް މިނިވަންކަން ނެތްކަމަށް އެމްޑީޕީއިން ބުނާތީ އެކަމާއި ގުޅިގެން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެންބަރާއި ސުވާލުކުރިއެވެ. ޖަވާބުދެއްވާ ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ އެއްވެސް ހާލެއްގައި އަމިއްލަ ފައިދާއެއް ހާސިލްކުރުމަށް ގެނައި ގާނޫނެއް ނޫންކަމަށެވެ.

އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ގާނޫނެއް ގެނައީ އެމްޑީޕީއިންކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ އެއީ އޭރު އެމްޑީޕީއިން އަމިއްލަ އެދުން ހާސިލްކުރުމަށް ގެނައި ގާނޫނެއްކަމަށެވެ. އެގޮތުން އޭރު މެންބަރުންނަށް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އިތުބާރު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީމި ސަރުކާރުން އުޅެން ޖެހިފައިމިވަނީ ކުރީ ސަރުކާރާއި، 19 ވަނަ މަޖިލީހުން ގައުމު ވައްޓާލި އަނދަވަޅު ސަލާމަތް ކުރަންކަމަށެވެ.

ދިވެހި ރައްޔިތުންގެ ނަމުގައި ނަގާފައި އޮތް ލޯނެއްވިއަސް، އަދި ކޮންމެ އެއްޗެއްވިއަސް، ދެން އަންނަ ސަރުކާރަކަށް އެކަން ކުރަން ޖެހޭނެ. އެއީ އެކަން އޮތް ގޮތް. ހަގީގަތުގައި އެކަންވެސް ކުރަމުން މިދަނީ.

އިބްރާހީމް ޝަރީފް ވިދާޅުވީ ކުރީ ސަރުކާރުން އިންތިހާބާއި ދިމާކޮށް އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތަކުގައި ސޮއިކޮށްފައިވާކަމަށެވެ. އެހެން ސަރުކާރުތަކުން މިހެން ސޮއިކޮށްފައި ހުންނަ މަޝްރޫއުތައް ހުއްޓުވާލައި، ކުރީ ސަރުކާރުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު އެއާއި މުޅިން ތަފާތުކަމަށް އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ މި މަސައްކަތްތައް މެންބަރު ސިފަކުރީ ރަމްޒީ ކަންތައްތަކެއްގެ ގޮތުގައެވެ.

އެމްޑީޕީއިން އަމާޒު ހިފީ ގައުމު ބަނގުރޫޓުކޮށްލަންކަމަށާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން 8 މަހެއްހާ ދުވަހަށްވެސް ނޯންނާނެކަމަށް އެމްޑީޕީއިން އުއްމީދުކުރިކަމަށް މެންބަރު ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތްތަކާއި ގުޅިގެން މެންބަރު ވިދާޅުވީ މި މަޖިލީހުން ނޫނީ އިދިކޮޅަށް ފުރުސަތު ދީގެން ކުރިއަށް ނުދާކަމަށެވެ. ނަމަވެސް ހުށައެޅޭ ތާކުން ތާކު ނުޖެހޭ މައްސަލަތައް ބަލައިނުގަނެވޭނެކަމަށް މެންބަރު ވިދާޅުވިއެވެ. މަޖިލީސް ހިންގުމުގެ އުސޫލުތަކާއި ހަމަތަކުން ބޭރުވާނަމަ އެކަންކަން ހުއްޓުވާނެކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ އެނޫނީ ހުރިހާ ގޮތަކުންވެސް އެމްޑީޕީއަށް މަޖިލީހުގެ ތެރެއިން ފުރުސަތު އެބައޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: