ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ލީޑަރޝިޕަށް އާދެވޭނީ ބޮޑެތި ކުށްތަކަށް އަރައިގަނެވޭނެ މީހުންނަށް: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ލީޑަރޝިޕަށް އާދެވޭނީ ބޮޑެތި ކުށްތަކަށް އަރައިގަނެވޭ މީހުންނަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމްއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ، އިސްލާހުތައް ފާސްކުރި ކޮމިޓީގެ ނައިބު މުގައްރިރުވަނީ ކޮމީޓީ ރިޕޯޓު އިއްވަވަމުން އެ ރިޕޯޓު ފާސްކުރެވިފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންކަން ހިއްސާކުރައްވާފައިކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންގެ އިތުރުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ލަފާވެސް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުގެ އިގްތިސާދު ބިނާވެފައިވަނީ އެކި ސިނާއަތުތަކުގެ މައްޗަށްކަމަށެވެ. އެގޮތުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބާރޯސާވެފައިވާ ގައުމެއްކަމަށްވާއިރު ޖުމުލަ އާމްދަނީގެ 90 އިންސައްތައަށްވުރެ މަތީ އަދަދެއް ލިބެނީ އެ ސިނާއަތުންކަމަށް އަލިއެޅުއްވިއެވެ.

ފަލާހު ވިދާޅުވީ، މިއަދު މުޅި އިގްތިސާދުގެ މައިބަދައަކީ އަދި ލޭނާރަކީވެސް ޓުއަރިޒަމްކަމަށެވެ. މެމްބަރު ވިދާޅުވީ، ތެލުގެ ވިޔަފާރި ކުރާ ގައުމެއްގައި އެކަމާއި ބެހޭ ގާނޫނު ވަރަށް މުހިންމުވާނެކަމަށެވެ. އެހެންކަމުން އެ ގާނޫނަށް ދުވާލަކު ފަސް ފަހަރު ނުވަތަ ހަފްތާއަކު ފަނަރަ ފަހަރަށްވެސް ގާނޫނަށް ބަދަލުތައް ގެނައުމުގެ ފުރުސަތު އޮންނަކަމަށެވެ.

މެމްބަރު ވިދާޅުވީ، ގާނޫނުތައް ހެދެމުންދަނީ ދުނިޔޭގެ އިގްތިސާދަށާއި އެ ގައުމެއްގެ އިގްތިސާދު އަދި ރައްޔިތުންގެ ހާލަތަށްވެސް ރިއާޔަތްކުރެވިގެންކަމަށެވެ. އަދި ރާއްޖޭގައިވެސް ގާނޫނުތަކަށް ހެދެމުންދަނީ ހަމައެގޮތަށް ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި އިގްތިސާދުގެ އިތުރުން މޫސުމީގޮތުން އަންނަ ބަދަލުތަކަށްވެސް ބަލައިގެންކަމަށެވެ.

ފަލާހު ވިދާޅުވީ، ހަގީތަށް ބަލާއިރު 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ވަރަށް ބާރު ބޮޑުވެގެން ގޮސްފައިވާކަމަށެވެ. މެމްބަރު ވިދާޅުވީ، އެކަން ދިމާވެފައިވަނީ ސަބަބުތަކެއް އޮވެގެންކަމަށާއި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ވަރަށް ނުބައި އަސަރުތަކެއް ކޮށްފައިވާކަމަށެވެ.

މެމްބަރު ވިދާޅުވީ، އެމްޑީޕީންވަނީ ކުށްކުރުމުގެ ބޮޑު ވެއްޓެއް އުފައްދާފައިކަމަށާއި އެކަމުގެ ސަބަބުން އެންމެންގެ ހިތުގައި އަބަދުވެސް އަދުލު އިންސާފުގެ ދާއިރާގައި ކަންކަން ކުރިއަށް ނުދާ ވާހަކަކަމަށެވެ. ނަމަވެސް އެބޭފުޅުންނަށްވެސް ކަންކަން ކުރެވޭނީ މައްސަލަތައް ކުރިއަށްދާ ވަރަކުންކަމަށާއި ހަތަރު ލައްކަ މީހުން އުޅޭ ގައުމެއްގައި 4000 ވަރަކަށް މައްސަލަ ކޮންމެ ދުވަހެއްގައި ހުށައެޅިގެންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ލީޑަރޝިޕަށް އާދެވެނީ ވަރަށް ބޮޑެތި ކުށްތައް ކުރަން ކެރޭ މީހުންނަށްކަމަށެވެ. ފަލާހު ވިދާޅުވީ، ލީޑަރުންގެ ގޮތުގައި ތިބެވޭނީ މީހުން ޅަދަރިނާއިވެސް ބެހެވޭ މީހުންނަށް ކަމަށާއި ރައްޔިތުންނަށް އަނިޔާތައްވެސް ދެވޭނެ މީހުންނަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: