ވައްކަމުގެ މައްސަލައެއްގައި ހުކުން އިއްވާފައިވާ މީހެއް އަނެއްކާވެސް ވައްކަން ކޮށްގެން ހައްޔަރުކޮށްފިއެވެ.
އޭނާއަށް މީގެ ކުރިން ހުކުން އިއްވީ ބައްތި ފޯނެއް ވަގަށް ނެގި މައްސަލައިގައެވެ. މިފަހަރު ބަންދުކޮށްފައިވަނީ ސައިކަލެއް ވަގަށް ނަގައިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކުރީ މ. ޝާކިރީހިޔާ، ހަމްދާން އަލީ އެވެ. އޭނާގެ އުމުރަކީ 35 އަހަރެވެ.
އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ބަންދު އަމުރުން ހާމަވީ ގޮތުގައި އޭނާވަނީ ވަގަށް ނެގި ސައިކަލުގެ އަސްލު އޮޅުވާލަންވެސް މަސައްކަތްކޮށްފަ އެވެ.

