ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތަކެއް ހުރިނަމަވެސް އަންހެނުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްނުދެވޭ: އާޒިމާ

ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންގެ ހައްގުތަކާއި ގުޅިގެން ގިނަ ގާނޫނުތަކެއް ހުރި ނަމަވެސް އެމީހުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވާކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ސިޔާސާތު” ޕްރޮގްރާމްގައި އާޒިމާ ވިދާޅުވީ އަންހެނުންގެ ހައްގުތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަން ފެށުނު ހިސާބުން ވަރަށް ދިގު ރާސްތާއެއް ކަޑަތުކުރެވިފައިވާ ކަމަށެވެ. މި މަސައްކަތުގައި ލިބުނު ކާމިޔާބީތަކެއްވެސް ހުރި ކަމަށް އަޒީމާ ވިދާޅުވިއެވެ. އޭގެތެރޭގައި ”ޖެންޑަރ އީކުއާލިޓީގެ ގާނޫނާއި“ އަދި ”ސެކްޝުއަލް ހެރޭސްމެންޓުގެ ގާނޫނު“ ފަދަ އެތައް ގާނޫނެއް ވުޖޫދުކުރެވިފައި ހުރި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރައްކާތެރިކަމަށް ބަލާނަމަ އަންހެނަކަށް ނުވަތަ އަންހެން ކުއްޖަކަށް ލިބޭ ރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތަށް ފޯރުކޮށް ނުދެވޭ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މިފަހަކަށް އައިސް އަންހެނުންގެ މަރުތަކަށް އެކަނި ބަލާލިނަމަވެސް ފެނިގެންދަނީ ރައްކާތެރިކަން ނުލިބި މަރުވެފައިވާ މީހުންކަން ފާހަގަވާކަމަށް އާޒިމާ ވިދާޅުވިއެވެ.

”ހިންގަވާ މިފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އަންހެނުންގެ މަރުތަކަށް އެކަނި ބަލާލިނަމަވެސް، ރައްކާތެރިކަން ނުލިބިގެން ގޮސް މަރުވެފައި ތިބީ. ގދ. އަތޮޅުގެ ރަށެއްގައި ހަމަ ގެވެށި އަނިޔާގެ ތެރެއިން މަރުވެގެން ދިޔައީ ތިނަދޫގައި. ނޮޅިވަރަމްގައި، މިހެން ބަކި ނަންތައް ނުކިޔަސް ކިތައް މައްސަލަތޯ. މިހާރު ހޮޅުދޫގައި މިސާލަކަށް. އެ ރައްކާތެރިކަން ނެތިގެން ދެއްތޯ މިދަނީ. ރައްކާތެރިކަން އޮތް ކަމަށް އުނދަގޫ. ސުޕްރީމް ކޯޓުުގެ މައްސަލަތައް ވިޔަސް. މީން ކޮންމެ މައްސަލައެއްގައިވެސް ގާނޫނު ތަކުގައި އެބައޮތް އަންހެނުންނަށް އެ ރައްކާތެރިކަން ހޯދޭނެ ގޮތްވެސް އެބަހުރި. އެހެން އަމުރުތައް ހޯދާފަވެސް އެ އަމުރުތައް ތަންފީޒު ނުވެގެންގޮސް ދެއްތޯ ޑޮމެސްޓިކް ވައިލަންސްއަށް ވަންނަނީ“

އާޒިމާ ވިދާޅުވީ އަނިޔާގެ ޝިކާރައަކަށް ވެގެން ގޮސް މަރުވުމުގެ ކުރިއަށް މިކަންކަން ފާހަގަކުރެވެން ޖެހޭ ކަމަށެވެ. އަދި ތަފާސް ހިސާބުތަކަށް ބަލާއިރުވެސް 2010 ފެށިގެން 9 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ދިރާސާއެއްގެ ތެރެއިން ފާހަގަކުރެވިފައިވަނީ ގެވެށިއަނިޔާ ކުރާ މީހުންގެ 5 ފަސެންޓުވެސް ރިޕޯޓް ނުކޮށް ހުރި ކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމާ ވިދާޅުވީ ރިޕޯޓު ކޮށްފައިވާ މަދު އަދަދުން އަދި ދައުވާކުރެވޭ ހިސާބަށް ދިޔަ 300 އެތައް މައްސަލައަކުންވެސް ހުކުމަކާއި ހިސާބަށް ދެވުނީ ގާތް ގަނޑަކަށް 10 މައްސަލައެއްގައި ކަމަށެވެ. އަދި މީގެން ކޮންމެ ކަމެއްގައި އަމިއްލައަށް ރިޕޯޓު ކޮށްގެން އިންސާފު ނުލިބުމަކީ ފަހަތައް އެޅޭ ފިޔަވަޅެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: