އިމިގްރޭޝަންގެ ހިދުމަތް ފުޅާ ކުރުމަށް އާ އޮފީހެއް ހއ. އުލިގަމުގައި އެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ.
އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ.
މި މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިމިގްރޭޝަން އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއި ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށާއި، ހއ.އުލިގަމުގައި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށް މިއަދު ވަނީ އެމް.ޓީ.ސީ.ސީ އާއެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށެވެ.
މިހާރު އުލިގަމުގައި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ޚިދުމަތްތައްކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ނަމަވެސް، މި އައު އިމާރާތް ޤާއިމުކުރެވުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވެގެންދާނެކަމަށް އެ އިދާރާއިން ބުންޏެވެ.

